ރާއްޖޭގައި ތިބި ބޭރު ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމުން މިއަދު ބޭއްވި ހިނގާލުމުގައި އެތައް ސަތޭކަ ބަޔަކު ބައިވެރިވެއްޖެއެވެ.

ޕީޕީއެމް އޮފީސް ކުރިމަތިން، ބޮޑުތަކުރުފާނު މަގުން ފެށި މި ހިނގާލުމުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވިއިރު، ހިނގާލުން ވަނީ މާލޭގެ ބައެއް ބޮޑެތި މަގުތަކުގައިވެސް ކުރިއަށް ގެންގޮސްފައެވެ.

"މިނިވަންކަމުގެ ހިނގާލުން" ނަމުގައި ޕީޕީއެމުން ހިނގާލުން ބާއްވާފައިވަނީ ފުލުހުންގެ ހުއްދައާއެކުގައެވެ.





ހިނގާލުމުގެ ބައިވެރިން ގޮވާލާފައިވަނީ އިންޑިއާ ސިފައިންނާއި އިސްތިއުމާރީ ސިފައިން ރާއްޖެއިން ބޭރުކުރުމަށެވެ. އަދި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ގެއްލޭ ގޮތަށް ހަދާފައިވާ އެއްބަސްވުންތައް ހާމަކުރުމަށްވެސް ހިނގާލުމުގެ ބައިވެރިން ގޮވާލިއެވެ.

މިއަދުގެ ހިނގާލުމުގައި އެއްވެސް ހަމަނުޖެހުމެއް، ނުވަތަ އެއްވެސް މީހަކު ހައްޔަރުކުރަންޖެހޭ ހާލަތަކަށް ނުދެއެވެ.

އިދިކޮޅު ފަރާތްތަކުން އަންނަނީ ކޮންމެ ހުކުރު ދުވަހަކު ވެސް ސަރުކާރާއި ދެކޮޅަށް ކޮންމެވެސް ހަރާކާތެއް ހިންގަމުންނެވެ. ނަމަވެސް މިއަދުގެ ހަރަކާތަކީ މިފަހުން އެންމެ ގިނަ މީހުން ބައިވެރިވި އިދިކޮޅުގެ މަގުމަތީގެ ހަރަކާތްކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން