ރިޒޯޓުތަކުގައި ޤާއިމުކޮށްފައިވާ ސްޕާތައް ފިޔަވައި ދިވެހިރާއްޖޭގައި ހިންގާ އެހެނިހެން ސްޕާތައް ބަންދު ކުރުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގަވައިފިއެވެ.

ޑިރެކްޓަރ ޖެނެރަލް މައިމޫނާ އަބޫބަކުރު ނެރުއްވި އެންގުމެއްގައި ވިދާޅުވެފައިވަނީ މިރޭ 00:00 އިން ފެށިގެން ވަކިގޮތެއް އަންގަންދެން ރިޒޯޓުތަކުގައި ޤާއިމުކޮށްފައިވާ ސްޕާތައް ފިޔަވައި ދިވެހިރާއްޖޭގައި ހިންގާ އެހެނިހެން ސްޕާތައް ބަންދު ކުރުމަށް އަންގަވާ ކަމަށެވެ. މީގެ ތެރޭގައި ސެލޫންތަކުގައި ހިންގާ ސްޕާތައްވެސް ހިމެނޭކަމަށް އެ އެންގެވުމުގައި ވެއެވެ.

ރާއްޖެއިން މިއަދާ ހަމައަށް ކޯވިޑް-19 އަށް ޕޮޒިޓިވްވި 13 މީހުންގެ ތެރޭގައި ހިމެނެނީ އިޓަލީ ވިލާތުން އައި ނުވަ މީހަކާއި އިނގިރޭސި ވިލާތުގެ މީހަކާއި ތުރުކީ ވިލާތުގެ މީހަކާއި ޖަރުމަން ވިލާތުގެ މީހަކާއި ދެކުނު އެފްރިކާގެ މީހެކެވެ. މީގެތެރޭގައި ހިމެނެނީ ހަތް އަންހެނުންނާއި ހަ ފިރިހެނުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން