މުވައްޒަފުންގެ ރޯދަ އެލަވަންސަށް ބަދަލެއް ނާންނާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލީ ވަޒީރު އިބްރާހިމް އަމީރު ވިދާޅުވީ ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިޞާދަށް ލޮޅުން އަރަމުން އައި ނަމަވެސް ރޯދަ އެލަވަންސް ކުޑަކުރުމަށް ނުވަތަ ރޯދަ އެލަވެންސް ނުދޭން އެއްވެސް މަޝްވަރާއެއް ކުރެވިފައި ނުވާ ކަމަށާއި، އެކަން އެގޮތަށް ނުވެސް ކުރާނެ ކަމަށެވެ.
ވަޒީފާއާ ބެހޭ ގާނޫނުގެ 51 ވަނަ މާއްދާގެ (ހ)ގައި ވަނީ، ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި ކޮންމެ އަހަރެއްގެ ރަމަޟާން މަސް ފެށުމުގެ ކުރިން 3,000 ރުފިޔާ ދޭންވާނެ ކަމަށެވެ.
ކޯވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށްޓަކައި ސަރުކާރުން ގެންދަވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. މިނިސްޓަރު މިއަދު އިތުރަށް ވިދާޅުވީ އާންމުންގެ ވަޒީފާތައް ރައްކާކޮށްދެވިއްޖެނަމަ ކޮންޒަމްޕްޝަނަށް ނޭދެވޭ އަސަރެއް ނުކުރާނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު