މެލޭޝިއާ އާއި ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް ލުއިފަސޭހަ އިންތިޒާމްތަކެއް އެޤައުމުތަކުގެ ސަރުކާރުތަކުން ހަމަޖައްސައިފިއެވެ.
ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު މިރޭ ވިދާޅުވީ ކޯވިޑް-19 އާއި ގުޅިގެން މެލޭޝިއާގައި ތަންފީޒު ކުރަމުންދާ "މޫވްމަންޓް ކޮންޓްރޯލް އޯޑަރ" އާއި ގުޅިގެން އެޤައުމުގައި ތިއްބާ ވިސާ ހަމަވާ ދިވެހިންނަށް، މުއްދަތު ހަމަނުވާ ޕާސްޕޯޓެއް އޮތްނަމަ ސްޕެޝަލް ޕާސްއަކާ ނުލައި ފުރޭނެ އިންތިޒާމު އެޤައުމުން ހަމަޖައްސާފައިވާ ކަމަށެވެ.
މީގެއިތުރުން ކޯވިޑް-19 އާއި ގުޅިގެން ސްރީލަންކާގައި ތަންފީޒު ކުރަމުންދާ ދަތުރުފަތުރު ކުރުމުގެ ހުރަސްތަކާއި ގުޅިގެން، އެޤައުމުގައި ތިއްބާ ވިސާ ހަމަވާ ދިވެހިންނަށް އިތުރު 30 ދުވަހު ލަންކާގައި ތިބުމުގެ އިންތިޒާމު އެޤައުމުން ހަމަޖައްސާފައިވާ ކަމަށްވެސް ވަޒީރު މިރޭ ވިދާޅުވިއެވެ.
ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް-19 ގެ ނުރައްކާތެރި ޙާލަތާ ގުޅިގެން ގިނަ ޤައުމުތަކަކުން ވަނީ އެ ޤައުމުތަކުގެ ބޯޑަރ ބަންދުކޮށް، ދަތުރުފަތުރު ކުރުމުގައި ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު