އީކުއޭޓާ ސަފާރީ އާއި އއ. ބޮޑުފޮޅުދޫގެ ގެސްޓްހައުސްއަކުން ކޯވިޑް-19 އަށް ޝައްކުކުރެވޭ ދެ މީހަކު ފެނުމާއެކު އެ ސަފާރީއާއި ރަށް، މޮނީޓަރިން ހާލަތަށް ގެނެސްފި އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާން، މަބްރޫކު އަޒީޒް ވިދާޅުވީ އީކުއޭޓާ ސަފާރީން ދިވެއްސަކު ވައިރަހަށް ޝައްކުވެގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން އއ. ބޮޑުފޮޅުދޫގެ ހޮލިޑޭ ވިލެޖުން ބިދޭސީއަކު އެ ބަލީގެ އަލާމާތްތައް ފެނިގެން ރިޕޯޓް ކުރުމާ ގުޅިގެން އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށާއި ޑޮކްޓަރުންގެ ޓީމެއް މިހާރު އެ ރަށަށް ދަތުރުކުރަމުންދާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

ކޯވިޑް-19 އަށް މިހާތަނަށް ރާއްޖޭގެ ރިސޯޓުތަކާއި ސަފާރީތަކުން 13 މީހަކު ޕޮޒިޓިވް ވެފައިވާއިރު، ރާއްޖެ އިން ކޯވިޑް-19 އަށް ފައްސިވެފައިވާ މީހަކު ނުފެންނަތާ މިހާރު ހަދުވަސް ވެއްޖެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން