މާލޭގައި ފިރިހެނަކު ބަރަހަނާކޮށް ބްލެކްމެއިލް ކުރި މައްސަލައެއްގައި ތިން މީހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މާލޭ ގަލޮޅު ކަންމަތީގައި 27 އަހަރުގެ ދިވެހި ފިރިހެނަކު ބަރަހަނާ ކުރުމަށް ފަހު ވީޑިއޯކޮށް، ބްލެކްމެއިލް ކުރި މައްސަލައެއްގައި ތިން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. މި މައްސަލަ ފުލުހުންނަށް ހުށައަޅާފައިވަނީ ރޭ މެންދަމު 3:49 ގައެވެ.
އެމައްސަލާގައި 24 އަހަރާއި، 27 އަހަރާއި 31 އަހަރުގެ ދިވެހި ތިން ފިރިހެނުން ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެމީހުން މަސައްކަތް ކޮށްފައިވަނީ އެމީހާ ބަރަހަނާކޮށް ބްލެކްމެއިލް ކުރުމަށްފަހު ފައިސާ ހޯދުމަށެވެ.
ފުލުހުންބުނީ އެމައްސަލަ މިހާރު ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު