އަންނަ އާދީއްތަ ދުވަހުން ފެށިގެން ވައިގެ މަގުން އިންޑިއާއަށް އެތެރެވުން އެ ގައުމުގެ ސަރުކާރުން މަނާކޮށްފި އެވެ.

ބޭސްފަރުވާއާއި އެހެނިހެން ބޭނުންތަކަށް ގިނަ ޢަދަދެއްގެ ދިވެހިން ޒިޔާރަތް ކުރާ އިންޑިއާއިން މި ފިޔަވަޅު އަޅާފައި މިވަނީ ކޯވިޑް-19 ގެ ނުރައްކާ އެ ޤައުމުގައި ބޮޑުވެފައިވާތީ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.

އިންޑިއާއިން ނިންމާފައި ވަނީ މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން ހަފުތާއެއްގެ މުއްދަތަށް، އިންޑިއާގެ އެއްވެސް އެއާޕޯޓަކަށް ބައިނަލްއަޤުވާމީ ފްލައިޓުތައް ޖެއްސުން ހުއްޓާލުމަށެވެ.

ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ ކޯވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި އިންޑިއާއިން ކުރާ މަސައްކަތްތައް މިހާރަށްވުރެ ހަލުއި ކުރުމަށާ އަދި އެމަސައްކަތްތައް އިތުރަށް ފުޅާކުރުމަށް ގޮވާލާފައެވެ.

އިންޑިއާއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 173 އަށް އަރާފައިވާއިރު މަރުވި މީހުންގެ އަދަދުވަނީ ތިނަކަށް އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން