އެސްޓީއޯގެ "އެކުލަ މިކުލަ" ޕްރޮމޯޝަން
އެސްޓީއޯގެ "އެކުލަ މިކުލަ" ޕްރޮމޯޝަން
އެސްޓީއޯގެ "އެކުލަ މިކުލަ" ޕްރޮމޯޝަން ފަށައިފިއެވެ.

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަނުން އަހަރު ނިންމުމާއި ދިމާކޮށް "އެކުލަ މިކުލަ" ނަމުގައި ނިޕޯން ޕެއިންޓަށް ހާއްސަކޮށްގެން ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ. އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަނުން ކުރިއަށް ގެންދާ މި ޕްރޮމޯޝަންގެ ދަށުން 20 އިންސައްތަ އާއި ހަމައަށް ޑިސްކައުންޓް ލިބިގެން ދާނެއެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ މަހުގެ 12ވަނަ ދުވަހުގެ ނިޔަލަށް އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓް އަދި އެސްޓީއޯ ހުޅުމާލެ ފިހާރައިގައެވެ.



މި ޕްރޮމޯޝަން ކުރިއަށް ދާއިރު، ކުލައިގެ ބާވަތްތައް ގަންނަ ފަރާތްތަކަށް ހާއްސަ ކޮށްގެން ލަކީޑްރޯއެއްގައި ބައިވެރި ވުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލެވިފައެވެ. އެގޮތުން 500 ރުފިޔާގެ ވިޔަފާރި ކުރާ ކަސްޓަމަރުންގެ މެދުގައި ނެގޭ ލަކީޑްރޯއިން ނަސީބުވެރި 3 ފަރާތެއް ހޮވައި، އެއިން ކޮންމެ ފަރާތަކަށްވެސް ދުބާއީ ދެކޮޅު ޓިކެޓް ލިބިގެންދާނެއެވެ.

އެސްޓީއޯ އިން އެތައް އަހަރެއް ކުރިން މާކެޓް ކުރަމުން އަންނަ ނިޕޯން ޕެއިންޓް އަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ލިބިފައިވާ ބްރޭންޑެކެވެ.

މި ޕްރޮމޯޝަން މިއަދު އިފްތިތާހު ކޮށްދެއްވީ އެސްޓީއޯގެ ޖެނެރަލް މެނޭޖަރ މަރިޔަމް ނުޒްލާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން