ކޯވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ނ. ޗަވަލް ބްލަންކް ރަންދެލި ރިސޯޓުން ސާމްޕަލް ނަގައި، އެކަހެރި ކުރި ބިދޭސީ މީހާ ބައްޔަށް ނައްސި (ނެގެޓިވް) ވެފައިވާކަމަށް އެޗްޕީއޭއިން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން ކުރި ޓުވީޓެއްގައި ބުނީ އެމީހާގެ ސާމްޕަލްގެ ނަތީޖާ ނައްސި ވެފައިވާތީ، އެ ރިސޯޓު މިހާރު މޮނިޓަރިންގެ ހާލަތުން ދޫކޮށްލާފައިވާ ކަމަށެވެ.

މިހާތަނަށް ކޯވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވެފައިވަނީ 13 ބިދޭސީންނެވެ. އެއީ ހަތަރު ރިސޯޓަކާއި އެއް ސަފާރީއަކުންނެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ އެއްވެސް ރަށަކުން އެއްވެސް މީހަކު ވައިރަހަށް ޕޮޒިޓިވްވެފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން