ހިއުމަން ޓްރެފިކިން މައްސަލައެއްގައި ފުލުހަކު ހިމެނޭހެން ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ ހިއުމަން ޓްރެފިކިން މައްސަލައެއްގައި މި މަހުގެ ފަސް ވަނަ ދުވަހު ފުލުހަކު ހައްޔަރުކޮށް މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. އަދި އޭނާއާއެކު އިތުރު ތިން މީހަކުވެސް ހައްޔަރުކޮށްފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
ފުލުހުންބުނީ އެ މައްސަލާގައި ޖުމްލަ ހަތަރު މީހުން ހައްޔަރު ކޮށްފައިވާއިރު އެންމެންނަކީވެސް 28 އަހަރާއި 65 އަހަރާ ދެމެދުގެ މީހުން ކަމަށެވެ. އެތަނުން އެކަކީ ބިދޭސީއެކެވެ.
އެ މީހުންގެ ތެރެއިން ދެ މީހެއްގެ ބަންދަށް 15 ދުވަސް އަދި ބާކީ ދެމީހުންގެ ބަންދަށް 10 ދުވަސް ކޯޓުން ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު