މިހާރު މުޅި ދުނިޔޭގައި ހަލުއިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ނޮވެލް ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް 19 ގެ ފަރުވާގެ ގޮތުގައި ބޭނުންކުރާ ވެކްސިނެއް 90 ދުވަހުގެ ތެރޭގައި ބާޒާރަށް ނެރެވޭވަރުވާނެ ކަމުގައި އިޒްރޭލުގެ ސައިންސާއި ޓެކްނޯލޮޖީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އިޒްރޭލުގެ ސައިންސް އެންޑް ޓެކްނޯލޮޖީ ވަޒީރު އޮފިރް އަކްނިސް ނެރުއްވި ނޫސްބަޔާނަކާއި ހަވާލާދީ އެޤައުމުގެ ޖެރޫސަލަމް ޕޯސްޓް ނޫހުން ބުނީ މި ވެކްސިން އުފެއްދީ އިޒްރޭލުގެ ދަ ގަލިލީ ރިސަރޗް އިންސްޓިއުޓުން ކަމަށެވެ. އޭނާ ވިދާޅުވީ ހަލުއިކަމާއެކު މިހާރު ފެތުރެމުންދާ ކޮވިޑް 19 ވައިރަސްއަށް ފަރުވާއެއް ހޯދިފައިވާތީ އެބަލި ކޮންޓްރޯލް ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ލިބިފައިވާ ކަމަށެވެ.

އިޒްރޭލްގެ ސައިންސް ވެރިންނަށް މިހާ ފަސޭހަކަމާއެކު ނޮވެލް ކޮރޯނާ ވައިރަސްއާއި ދެކޮޅަށް ވެކްސިނެއް ހޯދުނީ އޭވިއަން ކޮރޯނާވައިރަސް އައިބީވީގެ ދިފާޢީ ވެކްސިނެއް އެމީހުންނަށް ހޯދިފައިވާތީ ކަމުގައި ނޫހުން ބުނެފައިވެއެވެ. އެހެންކަމުން ކުރިއަށް އޮތް މަދު ހަފުތާ ތަކުގެ ތެރޭގައި ކޮވިޑް 19 އަށް ފަރުވާ ލިބެން ފަށާނެ ކަމުގެ ޔަގީންކަން އިޒްރޭލްގެ ސައިންސާ ޓެކްނޮލޮޖީ ވަޒީރު ވަނީ ދެއްވާފައެވެ.

ހުސްވި އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ޗައިނާއިން ފެނުނު ކޮރޯނާވައިރަސް މިހާރު މުޅި ދުނިޔެއަށް ފެތުރިދާނެ ކަމުގެ ބިރުވެރި އިންޒާރު ދުނިޔޭގެ ޞިއްހަތު ޖަމިއްޔާއިން މިހާރުވަނީ ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން