ކޯވިޑް-19: އާއި ގުޅިގެން ދިވެހި ސަރުކާރާއި، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އާއި، ދިވެހިރާއްޖޭގެ އެންމެހާ ޑޮކްޓަރުންނާއި، ނަރުހުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތައް ފާހަގަ ކުރައްވައި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އެފަރާތްތަކަށް ޝުކުރު އަދާކުރައްވައިފިއެވެ.

އެ މަނިކުފާން މިރޭ ކުރެއްވި ޓްވީޓެއްގައި، ކޯވިޑް-19 އަށް ރާއްޖެއިން ފައްސިވި ފަރާތްތަކުގެ ތެރެއިން މުޅިން ރަނގަޅުވެފައިވާ ކަމަށް ސަރުކާރުން މިރޭ އިއުލާނުކުރި ފަރާތްތަކަށް އެހީތެރިވެ ދެއްވި އެންމެހާ ޑޮކްޓަރުންނާއި، ނަރުހުންނާއި، ސަރުކާރުގެ އިދާރާތަކަށް ޝުކުރު އަދާކުރައްވާކަން ހާމަކުރައްވާފައިވެއެވެ.

ރާއްޖެއިން ކޯވިޑް-19 އަށް ފައްސިވި ފަރާތްތަކުގެ ތެރެއިން، ދެ މީހަކު މުޅިން ރިކަވަރ ވެފައިވާ ކަމަށް ސަރުކާރުން މިރޭ އިއުލާނުކުރައްވާފައިވާއިރު، އެފަރާތްތަކަށް ފަރުވާދިނުމުގައި ޝާމިލްވި އެންމެހާ ފަރާތްތަކަށް ހިތްވަރުދީ، ތަޢުރީފްގެ މެސެޖްތައް ގިނަ ބަޔަކު ދަނީ މީސްމީޑިއާގައި ހިއްސާކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


19

ދުންމާރި

21-Mar-2020

މިއީ ޙިޔާލެއްނޫން ނަމަވެސް ޚިޔާލެއް، "ޚިޔާލު" މި ލަފްޒު ލިޔާނީ "ހ" ގެ މަތީގައި ނުކުތާޖަހައިގެން " ޚ " މިގޮތަށް، " ޚިޔާލު " މިހެން ކޯވިޑް 19 އާ ދެކޮޅަށް ފަންނީ މަސައްކަތަށް އެންމެ ރަނގަޅުވާނީ ޢިލްމީ އުރަތްޕެއް ނެތް ސިޔާސީ ބޭފުޅުން، އެއީ އެބޭފުޅުންނަކީ ކޮންމެ ކަމަކަށް ޤާބިލް ބޭފުޅުން ކަމަށް ވާނެތީ، އެބޭފުޅުންގެ ނުޖެހޭނެ ތަޢުލީމެއް، ހުނަރެއް، ތަޖްރިބާއެއް ހުންނާކަށް ނަމަވެސް ދިރާސާތައްކޮށް އޭގެ އަލީގައި ޙައްލުތައް ހޯދައި ބޮޑެތި ކުންފުނިތައް ހިންގާށާއި މަޖްލިސް މެންބަރުކަމާއި މޭޔަރުކަމާއި ވަޒީރުކަމާއި ރަށްރަށުގެ ރަށުކައުންސިލްކަމާއި އަތޮޅު ކައުންސިލްކަން ހަވާލުކޮށް ރަށްރަށް ތަރައްޤީކުރުުގެ މަޝްރޫޢުތައް ހިންގަން ހަވާލުކުރެވޭނެ. ޢިލްމެއް ހުނަރެއް ފެންވަރެއް ތަޢުލީމީ ސެޓްފިކެޓެއް ބޭނުމެއް ނުވާނެ.



ޓްރެންޑިން