ކޯވިޑް-19 އާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޒާން ލިއޮން މިއަދު ތަޢުރީފު ކުރައްވައިފި އެވެ.

ސަފީރު ޒާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަލި ކޮންޓްރޯލް ކުރުމުގައި ރާއްޖޭން ކުރާ މަސައްކަތުގައި ރާއްޖެ އާ އެކު ޗައިނާ އޮތްކަން ކުރިއަށް އޮތް ދުވަސްތަކުގައި އެނގިގެންދާނެ ކަމަށެވެ. ގަދަ ހިތްވަރާ އެކު ކުރާ މަސައްކަތުން ނަތީޖާ ނެރެވޭނެކަން ޗައިނާއިން ސާބިތުކޮށްދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން މަލާމާތް ކުރުމާއި، ކުށްވެރިކުރުމާ އަދި އިލްޒާމް އެޅުވުމުގައި ކޮންމެވެސް ގައުމަކުން ދެ މަސްދުވަހުގެ މުއްދަތު ބޭކާރުކޮށްލި ކަމަށްވެސް ސަފީރު ވިދާޅުވި އެވެ.

ރާއްޖޭން ކޯވިޑް-19 އަށް ޕޮޒިޓިވް ވީ 13 މީހުންނެވެ. އޭގެ ތެރެއިން 2 މީހަކު ވަނީ ރަނގަޅުވެފައެވެ. ދުނިޔޭގައި ބަލި ޖެހުނު މީހުންގެ އަދަދު ގާތްގަނޑަކަށް 250000 އަށް އެރި އިރު ބަލީގައި މަރުވި މީހުންގެ އަދަދު އުޅެނީ 10000 އަށްވުރެ މަތީގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން