ކޮވިޑާ ގުޅިގެން މާފުށީޖަލުގެ ބައެއް ގައިދީން ގެއަށް ބަދަލުކޮށްފިއެވެ.
ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްތަކެއް ފެނުމާއި ގުޅިގެން މާފުށީޖަލު ކުއްލި ހާލަތަށް ގެނެސްފައިވަނީ މި މަހުގެ 14 ވަނަ ދުވަހު އެވެ. މޯލްޑިވްސް ކަރެކްޝަންސް ސަރވިސްއިން ބުނެފައިވަނީ މާފުށީ ޖަލުން މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައިތިބީ 95 ގައިދީއަކާއި 12 އޮފިސަރަކު ކަމަށެވެ.
ކަރެކްޝަނުން ބުނެފައިވަނީ މާފުށީ ޖަލުގައި ކޮވިޑް ފެތުރެމުންދާތީ ހައިރިސްކު ބައެއް ގައިދީން ގެއަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އިތުރު ގައިދީން ގެއަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ނަމަވެސް ގެއަށް ބަދަލުކުރި ގައިދީންގެ އަދަދު ހާމަކުރެވެން ނެތް ކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ.
ކޮވިޑަށް ޕޮޒިޓިވް ކޭސްތަކެއް ފެނުމާ ގުޅިގެން އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އަދި ކަރެކްޝަންސްގެ އުސޫލުތަކުގެ ދަށުން ފިޔަވަޅުތައް އަޅައި، މިމަހުގެ 14 ވަނަ ދުވަހު ހަވީރު 4:00 އިން ފެށިގެން މާފުށި ޖަލު ވަނީ ކުއްލި ހާލަތަށް ގެނެސްފައެވެ.
އޭގެ އިތުރުން މާފުށި ޖަލު އާންމު ހާލަތަށް ގެނެވެންދެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގައިދީންނާއި ބަންދު މީހުންނަށް އާއިލީ ބައްދަލުވުމާއި ވަކީލް ބައްދަލުވުން އަދި ކޯޓުގެ އަޑުއެހުންތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
މީގެ ކުރިންވެސް ޖަލުތަކުގައި ކޮވިޑް-19 ފެތުރިގެން ވަނީ ކުއްލި ހާލަތަށް ގެނެސްފައެވެ. އޭގެތެރޭގައި މާފުށީ ޖަލާއި މާލެ ޖަލާއި ހުޅުމާލެ ޖަލު ހިމެނެއެވެ. ކޮވިޑް ކޭސްތަކެއް ފެނިގެން މާފުށީ ޖަލު ކުއްލި ހާލަތަށް ގެނައުމަށް ނިންމާފައިވާއިރު، ހައިރިސްކު ކެޓަގަރީގައި ހިމެނޭ ބައެއް ކުށްވެރިން މީގެކުރިން ވަނީ ގެއަށް ބަދަލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު