ކޯވިޑް-19 އާއި ގުޅިގެން ފަތުރުވެރިކަމުގެ ސިނާޢަތުގެ އިޤްތިޞާދު ވަރަށް ބޮޑަށްވެ ރިޒޯޓްތައް ބަންދު ކުރަން ޖެހިފައިވާތީ 380 ޑޮލަރަށް ވުރެ މަތިން މުސާރަލިބޭ މުވައްޒަފުންގެ މުސާރައިގެ 50 އިންސައްތަ އުނިކުރުމަށް ޔުނިވަރސަލް އެންޓަރޕްރައިސަސް އިން ނިންމައިފިއެވެ.

އެ ކުންފުނިން އުނިކުރުމަށް ނިންމާފައިވަނީ އަސާސީ މުސާރައިގެ ގޮތުގައި 380 ޑޮލަރަށް ވުރެން މަތިން ލިބޭ މުވައްޒަފުންގެ މުސާރައިން 50 އިންސައްތަ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ. ނަމަވެސް އެއްވެސް މުވައްޒަފަކަށް 380 ޑޮލަރަށް ވުރެ މަދުން މުސާރަ ނުލިބޭނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

ކޯވިޑް-19 ގެ ސަބަބުން އިޤްތިޞާދާް ކުރިމަތި ވެފައިވާ ހީނަރުކަމާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ހުއްޓުމަށް އައިސްފައިވާތީ ޔުނިވަރސަލްގެ ރިޒޯޓްތައް ތިން މަސް ދުވަހަށް ބަންދުކުރަން ނިންމާފައިވާ ކަން އެ ކުންފުނިން އިޢުލާނު ކުރީ އިއްޔެގެ ވަގުތެއްގައެވެ. ޔުނިވާސަލް އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، އަންނަ މަހުގެ އެކަކުން ފެށިގެން އެ ކުންފުނީގެ ރިސޯޓުތައް ބަންދުކުރަން ނިންމި ނަމަވެސް ހުރިހާ މުވައްޒަފުންނަށް މިމަހުގެ މުސާރަ އެއްވެސް އުނިކުރުމެއްނެތި ލިބޭނެ ކަމަށެވެ.

ކޯވިޑް-19 ގެ ސަބަބުން ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ބޭންކްތަކާ ގުޅިގެން އިކޮނޮމިކް ރިކަވަރީ ޕެކޭޖެއް ތައާރަފު ކުރަން ނިންމާފައިވާކަން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ އިއުލާނު ކުރައްވާފަ އެވެ. މި ޕެކޭޖުގައި ބައިވެރިވުމުގެ އެއް ޝަރުތަކީ މުވައްޒަފުން ވަޒީފާއިން ވަކި ނުކުރުމާއި، މުވައްޒަފުންގެ މުސާރަ ކުޑަ ނުކުރުމެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން