މާފުށީ ޖަލު
މާފުށީ ޖަލު
ރާއްޖޭގެ ޖަލުތަކުގައި މިވަގުތު ކޮވިޑަށް ޕޮޒިޓިވް 48 މީހުން އެބަތިބި ކަމަށް މޯލްޑިވްސް ކަރެކްޝަންސް ސަރވިސްއިން ބުނެފިއެވެ.

ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްތަކެއް ފެނުމާއި ގުޅިގެން މާފުށީޖަލު ކުއްލި ހާލަތަށް ގެނެސްފައިވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހު އެވެ. މޯލްޑިވްސް ކަރެކްޝަންސް ސަރވިސްއިން ބުނެފައިވަނީ މާފުށީ ޖަލުގައި މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައިތިބީ 37 ގައިދީއަކާއި އެއް އޮފިސަރަކު ކަމަށެވެ.

މީގެ އިތުރުން، މިވަގުތު މާލޭ ޖަލުގައި އެކްޓިވް ކޭސްގެ ގޮތުގައިތިބީ 4 ގައިދީއަކާއި 6 އޮފިސަރަކު ކަމަށް ކަރެކްޝަންސުން ވަނީ ބުނެފައެވެ. އަދި ގައިދީންނާ ކޮންޓެކްޓްވީ 9 ގައިދީއަކު ކަރަންޓީނުގައި ތިބި ކަމަށާއި ތިން އޮފިސަރަކުވެސް ކަރަންޓީނުގައި ތިބިކަމަށް ކަރެކްޝަނުން މަޢުލޫމާތުދެއެވެ.



މިދިޔަ މަހުގެ 14 ވަނަ ދުވަހު ކަރެކްޝަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މާފުށި ޖަލުގައި ކޮވިޑް-19ގެ އަލާމާތް ހުރި އޮފިސަރުންނާއި ގައިދީންގެ ސާމްޕަލްތަކެއް ނެގުުމުން 7 އޮފިސަރުންނާއި 4 ގައިދީން ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

ޕޮޒިޓިވް ކޭސްތަކެއް ފެނުމާ ގުޅިގެން އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އަދި ކަރެކްޝަންސްގެ އުސޫލުތަކުގެ ދަށުން ފިޔަވަޅުތައް އަޅައި، އެދުވަހު ހަވީރު 4:00 އިން ފެށިގެން މާފުށި ޖަލު ވަނީ ކުއްލި ހާލަތަށް ގެނެސްފައެވެ.

އޭގެ އިތުރުން މާފުށި ޖަލު އާންމު ހާލަތަށް ގެނެވެންދެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގައިދީންނާއި ބަންދު މީހުންނަށް އާއިލީ ބައްދަލުވުމާއި ވަކީލް ބައްދަލުވުން އަދި ކޯޓުގެ އަޑުއެހުންތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.

މީގެ ކުރިންވެސް ޖަލުތަކުގައި ކޮވިޑް-19 ފެތުރިގެން ވަނީ ކުއްލި ހާލަތަށް ގެނެސްފައެވެ. އޭގެތެރޭގައި މާފުށީ ޖަލާއި މާލެ ޖަލާއި ހުޅުމާލެ ޖަލު ހިމެނެއެވެ. ކޮވިޑް ކޭސްތަކެއް ފެނިގެން މާފުށީ ޖަލު ކުއްލި ހާލަތަށް ގެނެސްފައިވާއިރު، ހައިރިސްކު ކެޓަގަރީގައި ހިމެނޭ ބައެއް ކުށްވެރިން ވަނީ ގެއަށް ބަދަލުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން