ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅޭ މީހުންގެ ތެރޭގައި ހިމެނޭ ވޯކް ވިޒާނެތި އުޅޭ ބިދޭސީންނާއި ޕާސްޕޯރޓް ނެތި އުޅޭ ބިދޭސީންނަށް ސަރުކާރުން ދަތުރު ހަމަޖައްސައިދީގެން އެމީހުން އަނބުރާ ރަށަށް ފޮނުވުމުގެ މަސައްކަތް ފަށައިފިއެވެ.

ރަސް އޮންލައިންއަށް މައުލޫމާތު ލިބިފައިވާ ގޮތުންގައި އެމީހުން އަނބުރާ ފޮނުވާލުމަށް ހިންގާ މި ޕްރޮގްރާމަކީ މިހާރު ސަރުކާރުން ކުރިއަށްގެންދާ ޤާނޫނާ ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ޤަވާޢިދުގެ ތެރެއަށް އަނބުރާ ވެއްދުމަށް ހިންގާ ޕްރޮގްރާމްގެ ތެރޭގައި ހިމެނިގެން ހިންގާ ހަރަކާތެކެވެ. މި ޕްރޮގްރާމްގެ ދަށުން ދަތުރުފަތުރު ކުރުމަށް ބޭނުންވާ ޞައްޙަ ލިޔެކިޔުން ނެތް މީހުންނަށާއި ވޯކް ވިޒާ ނެތް މީހުންނަށް އެލިޔުންތައް ހޯދައިދީ އެމީހުން އެނބުރި ރަށަށް ދިއުމަށް ޓިކެޓްވެސް ހަމަޖައިސައިދޭ ގޮތަށް ސަރުކާރުން ވަނީ ނިންމާފައެވެ.

އެގޮތުން ދަތުރު ކުރުމަށް ބޭނުންވާ ސައްހަ ލިޔެކިޔުން ނެތް ފަރާތްތަކަށް، އެމީހަކު ނިސްބަތްވާ ޤައުމެއްގެ އެމްބަސީ ނުވަތަ ހައިކޮމިޝަން މެދުވެރިކޮށް އެފަދަ ލިޔުންތައް ހޯދައި ދިނުމުގައިވެސް ސަރުކާރުން އެހީތެރިވާނެއެވެ. މިކަމަށް އެދޭ ފަރާތްތަކުން ކަމާބެހޭ މިނިސްޓްރީ ކައިރީގައި ކިޔޫ ނުހަދައި އަދި އެތަނަށް ނުގޮސް، 7205648 ނަމްބަރު ފޯނަށް ޕާސްޕޯޓް ނަމްބަރު ނުވަތަ ކާކުކަން އަންގައިދޭ ނަމްބަރާއެކު މެސެޖު ކުރުމަށް ކަމާބެހޭ ފަރާތުން އެމީހަކާ ގުޅައިގެން ކުރިއަށް ގެންދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު


10

މުހުޒީލް

22-Mar-2020

ތީގެން ކޮންމެ މީހެއް ގެ ސެކިއުރިޓީ ފައިސާ އިން ތިކަން ތައް ކޮން ނިން މަން ލަސްވެއްޖެ



ޓްރެންޑިން