ވައިގެ މަގުން ރާއްޖެ އަންނަ މީހުންގެ ތެރެއިން ރިޒޯޓްތަކަށް އަންނަ ފަތުރުވެރިން ފިޔަވައި ރާއްޖެއަންނަ އެހެން އެންމެން ކަރަންޓީން ކުރާގޮތަށް ހަމަޖައްސައިފިއެވެ.
ޑިރެކްޓަރ ޖެނެރަލަ އޮފް ޕަބްލިކް ހެލްތު މިއަދު ނެރުއްވާފައިވާ އަމުރެއްގައި ވިދާޅުވެފައިވަނީ ރިޒޯޓުތަކަށް އަންނަ ފަތުރުވެރިން ފިޔަވައި ވައިގެ މަގުން ރާއްޖެއަންނަ ދިވެހިންނާ އަދި އެކި ކަހަލަ ވިސާގައި އަންނަ ބިދޭސީންވެސް ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 ދުވަސް ވަންދެން ތިބެން ޖެހޭނީ ކަރަންޓީނުގައި ކަމަށެވެ. އަދި ވަކި ގޮތެއް އަންގަންދެން މި ގޮތަށް އަމަލުކޮށް މިކަން ތަންފީޒު ކުރުމަށް ދައުލަތުގެ އެންމެހާ އިދަރާ ތަކަށާއި ޒިންމާދާރު ފަރާތްތަކަށް ޑިރެކްޓަރ ޖެނެރަލް ވަނީ އަންގަވާފައެވެ.
ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް ރާއްޖޭގައި ހަރުދަނާ އަވަސް ފިޔަވަޅު ތަކެއް އަޅަމުންދާއިރު މިހާތަނަށް ރާއްޖެއިން ބައްޔަށް ޕޮޒިޓިވް ވި 13 މީހުންގެ ތެރެއިން ދެ މީހުން ވަނީ ރަނގަޅު ވެގެން ދޫކޮށްލާފައެވެ. ރާއްޖެއިން މިބަލި ފެނުނު ނަމަވެސް އަދި މިހާތަނަށް އެއްވެސް ދިވެއްސެއްގެ ކިބައިން މިބަލި ފެނިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު