މިއަހަރުގެ ސެޕްޓެމްބަރ ނިމުމުގެ ކުރިން މާލޭގައި މިނީބަހުގެ ޚިދުމަތް ފަށާނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙްގެ 100 ދުވަހުގެ ވަޢުދުގެ ތެރޭގައި ހިމެނޭ މިނީ ބަހުގެ ޚިދުމަތް ދިނުން އަދިވެސް ފެށިފައި ނުވާތީ އެކަމުގެ ކަންބޮޑުވުން މީގެކުރިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަނީ ފާޅުކުރަށްވާފައެވެ. ނަމަވެސް ޓްރާންސްޕޯޓު މިނިސްޓްރީން ބުނެފައިވަނީ މަސައްކަތް ފެށުމަށް އެންމެ އެކަށޭނަ ބަހެއް ދެނެގަތުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވާކަމަށެވެ.
ރާއްޖޭގެ މީޑިއާއެއްގައި ވާހަކަފުޅު ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ރޭ ވިދާޅުވީ މިނީ ބަހުގެ ހިދުމަތް ދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީ އާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފައިވާ ކަމަށާއި، އަދި އެކަމާގުޅޭ ކޮންޓްރެކްޓްގައި ވަރަށްއަވަހަށް ސޮއިކުރެވޭނެކަމަށެވެ. ހަމައެއާއެކު މި އަހަރުގެ ތިންވަނަ ކުއާޓާ ނިމުމުގެ ކުރިން މާލޭގައި މިނީ ބަހުގެ ހިދުމަތް ފަށާނެކަމަށް އާޒިމް ވިދާޅުވިއެވެ.
މާލޭގައި މިނީބަހުގެ ހިދުމަތް ދިނުން ލަސްވަނީ މާލޭގެ މަގުތަކަށް އެކަށޭނެ ގޮތަކަށް ކަސްޓަމައިޒް ކޮށްގެން ބަސްތައް ގެންނާތީ ކަމަށް ކުރިން މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ. ނަމަވެސް މިއަދާ ހަމައަށްވެސް އެބަސްތައް ގެނެވިފައެއް ނުވެއެވެ.
އަންނައަހަރުގެ ބަޖެޓުގައި މިނީބަހުގެ ޚިދުމަތް ފެށުމަށް 16.9 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު