ޕްރޮފެސަރ އުގެއިލާއި، ޤާސިމް އިބްރާހީމްގެ އިތުރަށް ރާއްޖޭގެ އެކިދާއިރާތަކުގެ އިސް ބޭފުޅުންނާއި އާންމު ރައްޔިތުންގެ ސާބަހާއި ތައުރީފާއި ތަހުނިޔާ ސިއްޙީ ދާއިރާގެ އިތުރުން ސަރުކާރާއި ރައީސް ޞާލިޙަށް ފޮނުއްވަން ފަށްޓަވައިފިއެވެ.

ކޯވިޑް-19 އާ ދެކޮޅަށް ރާއްޖޭގެ ކަމާބެހޭ އިދާރާތަކާއި ބޭފުޅުން ކުރަމުންދާ ހަނގުރާމައިގައި ރާއްޖޭގެ ސިއްހީ ޚިދުމަތްތެރިންނާއި ދިވެހި ސަރުކާރުން ހޯއްދަވަމުން ގެންދަވާ ކާމިޔާބީއަށް ފަށްފަށުން ތަހުނިޔާ ދަންނަވާކަން ހާމަކުރައްވާފައިވަނީ ޕްރޮފެސަރ އުގެއިލް މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އުގެއިލްގެ ޓްވީޓް ގައި ދިވެހި ރައްޔިތުންނަށްވެސް އިލްތިމާސެއް ކޮށްފައިވެއެވެ. މިއީ ދަތި ދަނޑިވަޅެއް ކަމަށާއި، އެކަމަކު ކިތަންމެ ދަތި ނިންމުމެއް ސަރުކާރުން ނެރުނު ކަމުގައި ވިއަސް އެކަމަށް އިޖާބަ ދިނުން މުހިންމު ކަމުގައި އުގައުލު ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް ވިދާޅުވީ ކޯވިޑް-19 އަށް ރާއްޖެއިން ފުރަތަމަ ޕޮޒިޓިވްވި ދެ ބަލިމީހުންގެ ގައިން އެބަލީގެ އަސަރުތައް މިހާރު ފިލާފައިވާކަމުގެ ޚަބަރު އެއްސެވީ ނުހަނު އުފަލާއެކުގައި ކަމަށެވެ.

އަދި މި ޝިފާ މިންވަރު ކުރެއްވީތީ ﷲ ސުބްޙާނަހޫ ވަތަޢާލާ އަށް ޙަމްދު ކުރައްވަމުން، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި، ސިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ އަމީނާއި، މިކަމުގައި ޝާމިލްވި އެންމެހާ ޑޮކްޓަރުންނާއި، ނަރުހުންގެ ޓީމަށް ޤާސިމު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މިދޭފުޅުންގެ އިތުރުން ރާއްޖޭގެ ސިޔާސީ ބޭފުޅުންނާއި އެހެނިގެން ދާއިރާތަކުގައި ހަރަކާތެރިވާ އެކި ފަންތީގެ ބޭފުޅުންގެ އިތުރުން ގިނަ އަދަދެއްގެ އާންމު ރައްޔިތުންވެސް ދަނީ މީސް މީޑިޔާ މެދުވެރިކޮށް ޝުޢޫރު ފާޅުކުރައްވަމުންނެވެ.

ރާއްޖެއިން ކޯވިޑް-19 އަށް 13 މީހުން ފައްސިވެފައި ވާއިރު، އޭގެ ތެރެއިން 2 މީހުންގެ ގައިން ބަލީގެ އަސަރު މިހާރު ފިލާފައިވާކަން ރޭގެ ވަގުތެއްގައި އެޗްޕީއޭ އިން ވަނީ ހާމަކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން