މިފްކޯގެ ދަޅުމަސް
މިފްކޯގެ ދަޅުމަސް
މިފްކޯއިން ވިއްކާ މަސްދަޅުގެ އަގު މިއަދުން ފެށިގެން ބޮޑުކުރުމަށް ނިންމި ނިންމުން އެކުންފުނިން ބަދަލުކޮށްފިއެވެ.

މިފްކޯއިން މީގެ ކުރިން ބުނެފައިވަނީ މިއަދުން ފެށިގެން މިސްފާއިން ވިއްކާ މަސްދަޅުގެ އަގުތައް ބޮޑުވާނެ ކަމަށެވެ. އެކަމާ ގުޅިގެން ގިނަ ޢަދަދެއްގެ ބަޔަކު ރޭ ވަނީ މިފްކޯ މަސްފިހާރައަށް މަސްދަޅު ގަތުމަށް ގޮސްފައެވެ. ނަމަވެސް މިފްކޯއިން މިއަދު ބުނީ ދަޅުމަހުގެ އަގުތައް ރަމަޟާންމަހު އެއްއަގެއްގައި ހިފަހައްޓާނެ ކަމަށެވެ.

މަސްދަޅުގެ އަގު ބޮޑުވާ ސަބަބެއްކަމަށް މިފްކޯއިން ބުނެފައިވަނީ މިއަދުން ފެށިގެން މަސްވެރިންގެ އަތުން މަސްގަންނާނީ މިހާރު ގަންނަ އަގަށް ވުރެ ބޮޑު އަގަކަށް ވުމުން ކަމަށެވެ. އެހެންނަމަވެސް މިފްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިފްކޯ ރޯދަ ޕްރޮމޯޝަނާއިއެކު މިފްކޯގެ އުފެއްދުންތައް އެއްވަރެއްގައި ހިފަހައްޓާނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

އަދި އެހެން އަހަރުތަކެކޭ އެއްފަދައިން، މިފްކޯގެ އުފެއްދުންތައް ހުސްނުވެ މިފްކޯގެ ފިހާރަތަކުން ލިބެން ހުންނާނެ ކަަމަށްވެސް އެކުންފުނިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން