އޭޑީކޭ ހޮސްޕިޓަލްގައި ޢާއްމުންނަށް ބޭނުންކުރެވޭގޮތަށް ބަހައްޓާފައި ހުރި ބައެއް ސެނިޓައިޒާ ފުޅިތައް ވަގަށް ނަގައިފި އެވެ.

އޭޑީކޭ ހޮސްޕިޓަލުން އާންމުކުރި ވީޑީއޯއެއްގައި ފެނިގެންދަނީ މާސްކް އަޅައިގެން ހުރި ފިރިހެނަކު ވަދެ އެ ހޮސްޕިޓަލުގައި ބަހައްޓާފައި ހުރި ސެނިޓައިޒާ ފުޅިއެއް ދަބަހަކަށް ލައިގެންދާ މަންޒަރެވެ.

އޭޑީކޭއިން ބުނެފައި ވަނީ ބަލިމަޑުކަން ފެތުރެމުންދާ މިދަނޑިވަޅުގައި އެންމެން ކަންބޮޑުވެ، ސެނިޓައިޒާ ހޯދުމުގެ މަސައްކަތްކުރާކަން އެނގޭ ކަމަށާއި، އެހެންނަމަވެސް ހޮސްޕިޓަލުތަކުން ވައްކަން ކުރުން ފަދަ ނުބައި އަމަލުތައް ހުއްޓަން ޖެހޭ ކަމަށެވެ.

ކޯވިޑް-19 އާ ގުޅިގެން ރާއްޖެއިން ސެނިޓައިޒާ އާއި، މާސްކް ލިބުމުގައި މީގެ ކުރިން ދަތިތަކެއް ކުރިމަތިވެ އެކަމުގެ ކަންބޮޑުވުން އާއްމުން ފާޅުކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން