ކޯވިޑް-19 އާއި ގުޅިގެން ސްރީލަންކާގައި މަނާކޮށްފައިވާ ކައިވެނީގެ ހަފުލާތައް ބޭއްވުމަށް އަލުން ހުއްދަދިން ނަމަވެސް އަލަށް ކައިވެނިކުރާ ދެމީހުންވެސް ގައިގޯޅިވެ ބޮސްދީ ހެދުން މަނާކޮށްފިއެވެ.
ސްރީލަންކާގެ ހެލްތު މިނިސްޓްރީން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ވަނީ ކައިވެނީގެ ހަފުލާތައް ހޮޓާ ތަކުގައާއި މާލަން ތަކުގައިވެސް ބޭއްވުމަށް ހުއްދަކޮށްފައެވެ. ނަމަވެސް ހަފުލާގެ ދައުވަތު 100 އަށްވުރެ ގިނަ މީހުންނަކަށް ނުދެވެއެވެ.
ކައިވެނީގެ ހަފުލާތައް ބޭއްވުމުގެ ގައިޑްލައިންގައި ވާގޮތުން ހަފުލާއަށް އަންނަ މެހެމާނުން ވެސް އެކަކު އަނެކަކާ ގައިގޯޅިވެ، ބޮސްދީ، އަތާއަތް ޖޯޑުކޮށް ހެދުމަކީވެސް މަނާކަމެކެވެ. އަދި ހަފުލާ ބާއްވާ ހޯލުގައި ގޮނޑި ޖަހާއިރުވެސް ތަނުގެ 40 އިންސައްތަ އަށްވުރެ ބޮޑު ޖާގައިގައި ގޮނޑިޖެހުންވެސް ވަނީ މަނާކޮށްފައެވެ. އަދި ހަފުލާއަށް ދާ މީހުންވެސް އެކަކު އަނެކަކާ އެއް މީޓަރުގެ ގައިދުރު މިނެއް ބަހައްޓަން ޖެހޭނެ ކަމަށްވެސް ގައިޑްލައިންގައި ބުނެފައި ވެއެވެ.
ލަންކާގައި އިޢުލާންކޮށްފައިވާ ލޮކްޑައުނަށް ދެމަސް ފަހުން ދޫދޭން ފަށާފައިވާއިރު މިހާތަނަށް 1100 އަށްވުރެ ގިނަ މީހުންނަށް ވަނީ ބަލިޖެހިފައެވެ. އަދި ބަލީގައި 10 މީހަކު ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު