ދެކުނު އިރުމަތީ އޭޝިޔާގެ ޤައުމު ތަކުގެ ތެރެއިން ކޯވިޑް-19 އެންމެ ހަލުއިކަމާއެކު ފެތުރެމުންދާ މެލޭޝިޔާގައި ހޮނިހިރު ދުވަހު 153 މީހުން ބައްޔަށް ޕޮޒިޓިވްވެ އެޤައުމުން ބަލިޖެހުނު މީހުންގެ އަދަދު 1183 އަށް އަރައިފިއެވެ.
ރޮއިޓާސް ނޫސް އޭޖެންސީން ބުނީ މެލޭޝިޔާގައި އަދި ވެސް އެންމެ ގިނައިން ބަލި ފެތުރެމުންދަނީ އެޤައުމުގައި ހުސްވި މަހުގެ ފަހުކޮޅު ބޭއްވި ދީނީ އެއްވުމާއި ގުޅުންހުރި މީހުންގެ މެދުގައި ކަމުގައެވެ. އަލަށް ބަލި ޖެހުނު މީހުންގެ އަދަދު ހޮނިއިރު ދުވަހު ވަރަށް ބޮޑުތައް އިތުރުވެފައިވާއިރު އެދުވަހު ހަތަރު މީހަކު މި ބަލީގައި މަރުވެފައިވާ ކަމަށް ރޮއިޓާސްއިން ރިޕޯޓްކޮށްފައިވެއެވެ.
މެލޭޝިޔާގެ ސިއްހީ ވުޒާރާއިން ބުނެފައިވަނީ އަންނަ ހަފުތާގައިވެސް ބަލިޖެހޭ މީހުންގެ އަދަދު ދާނީ މައްޗަށް ކަމަށެވެ. ހޮނިހިރު ދުވަހު އަލަށް ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 90 މީހުންނަކީ ގިނަ ޤައުމުތަކަކުން މީހުން ބައިވެރިވެގެން ބޭއްވި ދީނީ އެއްވުމާއި ގުޅުން ހުރި މީހުން ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެފައިވެއެވެ.
ހެލްތު މެލޭޝިޔާ ޑިރެކްޓަރ ޖެނެރަލް ނޫރު ހިޝާމް އަބްދުﷲ ވަނީ އަންނަ ހަފުތާގައިވެސް ބަލިޖެހޭމީހުންގެ އަދަދު އިތުރުވާނެ ކަމަށް ވިދާޅުވެ ދީނީ ބައްދަލުވުމާއި ގުޅުންހުރި ވަޒީރުންގެ މަޖިލީހުގެ މެންބަރުންވެސް އަވަހަށް ޓެސްޓް ކުރަން ވަޑައިގެންނެވުމަށް ގޮވާލައްވާފައެވެ. 16 ހާހަށްވުރެ ގިނަ މީހުން ބައިވެރިވި މި ދީނީ އެއްވުމުގައި މެލޭޝިޔާގެ 14500 މީހުން ބައިވެރިވި ކަމަށް ރިޕޯޓްތައް ބުނެއެވެ. ޑިރެކްޓަރ ޖެނެރަލް މިހާރު ވެސް ގެންދަވަނީ އެމީހުން ހޯދުމުގެ މަސައްކަތް ކުރައްވަމުންނެވެ.
ދެކުނު އިރުމަތީ އޭޝިޔާގައި ކޮރޯނާ ވައިރަސް ފެތުރި ބަލި ޖެހުނު މީހުން އެންމެ ގިނަ ގައުމަކީ ޗައިނާއެވެ. ދެކުނު ކޮރެއާއަށްފަހު މިސަރަހައްދުން މިހާރު ތިންވަނައަށް ބަލިޖެހުނު މީހުން އެންމެ ގިނައީ މެލޭޝިއާގައެވެ.

ކިޔުންތެރިންގެ ހިޔާލު