ނޭޕާލުގައި ތިބި ދިވެހިން ދަތުރު ކުރުމުގެ ކުރިން ސަމާލުވުމަށް ޚާރިޖީ ވުޒާރާއިން އިލްތިމާސް ކޮށްފިއެވެ.
އެ މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ކޯވިޑް-19 އާ ގުޅިގެން ނޭޕާލުގެ ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ.
އެގޮތުން 22 މާރޗް 2020 އިން ފެށިގެން 31 މާރޗް 2020 ގެ ނިޔަލަށް ފަސިންޖަރުން ގޮވައިގެން ދަތުރުކުރާ ބައިނަލްއަޤްވާމީ ކޮމާޝަލް އެއާލައިންތަކުގެ ދަތުރުތައް ވަގުތީގޮތުން ހުއްޓާލުމާއި، 23 މާރޗް 2020 އިން ފެށިގެން ނޭޕާލްގައި އެއްގަމު މަގުން ކުރާ ދިގު ދަތުރުތައް ހުއްޓާލުން ހިމެނޭ ކަމަށް ޚާރިޖީ ވުޒާރާއިން ހާމަކުރެއެވެ.
ޚާރިޖީ ވުޒާރާއިން އެދިފައި ވަނީ ނޭޕާލުގައި ދިރިއުޅޭ ދިވެހިން އެ ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށެވެ. އަދި ފިޔަވަޅުތަކަށް ބަދަލު އައުން އެކަށީގެންވާތީ ދަތުރު ކުރުމުގެ ކުރިން މައުލޫމާތު ސާފު ކުރުމަށް ވެސް އެދިފައި ވެއެވެ. މީގެ އިތުރުން ނޭޕާލުން ދަތުރު ކުރާ އަދި އެގައުމުގައި ދިރިއުޅޭ ދިވެހިން ރަޖިސްޓްރީ ވާން ޖެހެނީ ޕާކިސްތާނުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުގައި ކަމަށްވެސް އެ ވުޒާރާއިން ހާމަކުރެއެވެ.
ނޭޕާލުން އަންނަ މީހުން ވެސް ދަތުރު ކުރުމުގެ ކުރިން ޕާސްޕޯޓް ނަންބަރާއި، ފްލައިޓުގެ ތަފްސީލް ޚާރިޖީ ވުޒާރާއަށް ނުވަތަ އެންމެ ކައިރީގައި ހުންނަ ޑިޕްލޮމެޓިކް މިޝަނަކަށް އެންގުމަށް ވެސް ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު