ރާއްޖޭގައި ވަޒީފާ އަދާކުރަން އަންނަ ބިދޭސީން، އިކޮނޮމިކް މިނިސްޓްރީން ދޫކުރާ ޚާއްޞަ ހުއްދައެއް ލިބިގެން ނޫނީ ރާއްޖެ އެތެރެ ނުވެވޭގޮތް ހަދައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގައި ވަޒީފާ އަދާކުރަން އަންނަ ބިދޭސީންނަށް މިރޭ 23:59 އިން ފެށިގެން ރާއްޖެ އެތެރެވެވޭނީ ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގައި ރާއްޖެ އެތެރެކުރުމަށް އިކޮނޮކިމް މިނިސްޓްރީން ދޫކޮށްފައިވާ ޚާއްޞަ ހުއްދައެއް އޮވެގެން ކަމަށެވެ.

އޭގެ ތެރޭގައި އެމްޕްލޯއިމަންޓް އެޕްރޫވަލް ހޯދައިގެން އަލަށް ރާއްޖޭގައި ވަޒީފާ އަދާކުރަން އަންނަ ފަރާތްތަކާއި، ޗުއްޓީއަށް ދިއުމަށްފަހު އެނބުރި ވަޒީފާއަށް އަންނަން އެދޭ ފަރާތްތައް ވެސް ހިމެނެއެވެ.

އިމިގްރޭޝަނުން ބުނީ ހުއްދަ ނުލިބި އަންނަ ފަރާތްތައް ރާއްޖެ އެތެރެނުކޮށް ހަމަޖެހިފައިވާ އުސޫލުގެ ދަށުން އަނބުރާ ފުރުވާލެވޭނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން