އާސަންދައިގެ ދަށުން ބޭސްފަރުވާއަށް، އިންޑިއާއަށް ގޮސްތިބި ދިވެހިންގެ ތެރެއިން ޤައުމަށް އެނބުރި ނާދެވިފައި ތިބި ދިވެހިން، އަނބުރާ އާދެވެންދެން އެމީހުންގެ ތިބުމާއި ކެއުމުގެ ޚަރަދު އިންޑިއާގައި ހުންނަ ދިވެހި ކޮންސިއުލޭޓްގެ ބެލުމުގެ ދަށުން އާސަންދައާއި އެންސްޕާ ގުޅިގެން ބަލަހައްޓާގޮތަށް ހަމަޖައްސައިފިއެވެ. މިކަން ހާމަކޮށްފައިވަނީ އާސަންދަ ކުންފުނިން ކޮށްފައިވާ ޓްވީޓެއްގައެވެ.
އިންޑިއާގެ ހުރިޙާ އެއާޕޯޓްތަކެއް މާދަމާ އިން ފެށިގެން ބަންދުވާ އިރު، މިރޭ ރާއްޖެ އަންނަން ޓިކެޓް ނެގި ދިވެހިންނަށް ރާއްޖެ އާދެވެންދެން، އެ މީހުން އެ ގައުމުގައި ތިބުމާއި ކެއުމުގެ ޚަރަދު އާސަންދަ ކުންފުންޏާއި އެންސްޕާ އިން ބަލަހައްޓަން ވަނީ ނިންމާފައެވެ.
ރާއްޖެ އަންނަން ބޭނުންވެފައި ތިބި ދިވެހިންނަށް ރާއްޖެ ނާދެވި އިންޑިއާގައި ތާށިވީ މޯލްޑިވިއަންގެ މަތިންދާބޯޓުގެ ދަތުރުތައް ކުއްލި ގޮތަކަށް ކެންސަލް ވުމުންނެވެ. މި ކަމާ ގުޅޭ ގޮތުން، މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.
އިންޑިއާގައި ވެސް ކޯވިޑް-19 ހަލުވިކަމާ އެކު ފެތުރެމުންދާތީ އެ ގައުމަށް ވައިގެ މަގުން އެތެރެވުން ވަގުތީ ގޮތުން ބަންދުކުރުމަށް ވަނީ ނިންމައިފަ އެވެ. އެ ފިޔަވަޅު އަޅާފައިވަނީ މިރޭ 00:00 ން ފެށިގެން މި މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށެވެ.

ކިޔުންތެރިންގެ ހިޔާލު