"މަޑިސީލަ" ޕްރޮގްރާމް މެދުކަނޑާލަން ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމި ނިންމުމަށް ސަރުކާރުން ތާޢީދު ކޮށްފިއެވެ.

ކޯވިޑް-19 އާ ގުޅިގެން ދިވެހި ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ފަދަ ގޮތަކަށް ކޮންޓެންޓް ބްރޯޑްކާސްޓްކޮށްފައިވާ ކަމަށް ބެލެވޭތީ ބްރޯޑްކޮމްއިން ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމެންދެން އެ ޕްރޮގްރާމް ހުއްޓާލުމަށް ޗެނަލް 13 އަށް އަންގާފައެވެ.

ޚާރިޖީ ވުޒާރާއިން އިނގިރޭސިބަހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ މަޑިސީލަ ޕްރޮގްރާމުގައި ގެނެސްދިން މައުލޫމާތުގެ ސަބަބުން ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަމާ ބިރުވެރިކަން އުފެދުނު ކަމަށާއި، އަދި އެއީ ކަމާބެހޭ ފަރާތުން ސާފުނުކޮށް ފެތުރި ހަގީގަތާ ހިލާފު ވާހަކަތަކެއްކަން އެ މައްސަލައިގައި ބްރޯޑްކޮމް އިން ކުރި ތަހުގީގުން ހާމަވެފައިވާ ކަމަށެވެ.

އަދި އެ މައްސަލައަކީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އޮތް މައްސަލައަކަށް ވުމުން، ބްރޯޑްކޮމް އިން މައްސަލަ ނިންމާފައި ވަނީ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށް އިސްކަންދީގެންކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. އެއީ ޚިޔާލުފާޅުކުރުމަށް ހުރަސްއަޅާ ނުވަތަ ނޫސްވެރިކަމުގެ މިނިވަންކަމަށް ވެސް ހުރަސްއަޅާ ނިންމުމެއް ނޫން ކަމަށްވެސް ޚާރިޖިއްޔާގެ ބަޔާނުގައި ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން ޗެނަލް 13 އިން އެންމެ ފަހުން ވަނީ ރައްޔިތުންގެ ކިބައިން މަޢާވެސް އެދިފައެވެ. އެގޮތިން އެ މައުލޫމާތު ގެނެސްދިނުމުގެ ސަބަބުން އެއްވެސް ދިވެހި ރައްޔިތެއްގެ ހިތުގައި ބިރުވެރިކަން އުފެދިފައިވާނަމަ އަދި އެ މައުލޫމާތަކީ ބިރުވެރިކަން އުފެދޭ މައުލޫމާތެއްކަމަށް ގަބޫލުކުރެވޭނަމަ އެކަމަށް މައާފަށްއެދޭ ކަމަށް ޗެނަލުން ފަހުން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން