ވެލިގަނޑު އައިލަންޑް ރިސޯޓާއި، ކުލަބްމެޑް ކަނިފިނޮޅު ހޮލިޑޭ ވިލެޖާއި، ސިނަމަން ހަކުރާ ހުރާ މޯލްޑިވްސް މޮނިޓަރިން ޙާލަތަށް ގެނެސްފިއެވެ.

އެޗްޕީއޭ އިން މިރޭ ހާމަކޮށްފައިވަނީ ކޯވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ވެލިގަނޑު އައިލަންޑް ރިސޯޓުން ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށް ދަނީ ބިދޭސީއެއްގެ ކަމަށެވެ. އަދި ކުލަބްމެޑް ކަނިފިނޮޅު ހޮލިޑޭ ވިލެޖުން ދިވެއްސެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށް ދާއިރު، ސިނަމަން ހަކުރާ ހުރާ މޯލްޑިވްސްއިން ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

އާއްމު އުސޫލުގެ ދަށުން މި 3 ރަށް މިހާރުވަނީ މޮނިޓަރިންގެ ޙާލަތަށް ގެނެވިފައިވާކަމުގައި އެޗްޕީއޭ އިން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން