ފަތޯ
ފަތޯ
ރާއްޖޭގެ އެންމެ މަޝްހޫރު މިއުޒީޝަނުންގެ ތެރޭގައި ހިމެނޭ ފަތޯ އަކީ މިއުޒީޝަނެއްކަން މި ސަރުކާރަށް ނޭނގުނު ކަމަށް ބުނެ އޭނާގެ އިޙުސާސްތައް ސޯޝަލް މީޑިއާއަށް ބަންޑުން ކޮށްލައިފިއެވެ.

ފަތޯ މިއަދު ޓްވިޓަ މެދުވެރިކޮށް ޢާއްމުކޮށްފައިވާ ވީޑިއޯ އެއްގައި ވަނީ، މި ސަރުކާރުން ފްރީލާންސަރުންނަށް އެލަވަންސް ދިނުމަށް ހުޅުވާލުމުން އެކަމަށް އެދި އޭނާ ކުރިމަތި ލާފައިވާ ކަމަށާއި، ނަމަވެސް އޭނާގެ އެޕްލިކޭޝަން އެއްވެސް ސަބަބެއް ބަޔާން ކުރުމެއްނެތި ރިޖެކްޓް ކޮށްފައިވާ ކަމަށެވެ.

"އަހަރެން ރިސޯޓު މިއުޒިކް ކުޅޭތާ ގާތްގަނޑަކަށް ފަނަރަ ވަރަކަށް އަހަރު ވެދާނެ. މިއުޒިކް ކޮމްޕޯސް ކުރާތާ އަށް ވަރަކަށް އަހަރު ވެދާނެ. ސަރުކާރުން ޤާއިމްކޮށްފައިވާ ޖޮބް ސެންޓަރގެ އިންކަމް ސަޕޯޓް އެޕްލިކޭޝަން އަށް އަހަރެންގެ އެޕްލިކޭޝަން ހުށައެޅީ، އަހަންނަކީ ފްރީލާންސަރެއްކަން ޕްރޫފް ކޮށްދެވޭނެ ޑޮކިއުމެންޓްތަކާ އެކު. އެހެން ނަމަވެސް އަހަރެންގެ އެޕްލިކޭޝަން މިއަދު ވަނީ ރިޖެކްޓް ކޮށްލާފަ." ފަތޯގެ ވީޑިއޯ ގައި ބުނެފައިވެއެވެ.

ފަތޯ ބުނީ، ޕީއެސްއެމް ނިއުސްގެ ކެޕްޝަން އަށް ބެކް މިއުޒިކްވެސް ތައްޔާރު ކޮށްފައިވާނީ އޭނާ ކަމަށާއި، އަދި ޕީއެސްއެމްގެ ގިނަ ޕްރޮގްރާމް ތަކެއްގެ ބެކް މިއުޒިކް ވެސް އޭނާ ތައްޔާރުކޮށްފައި ވާނެ ކަމަށެވެ. އަދި ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ހުއްޓުމާ ޖެހެންދެން އޭނާ 3 ރިސޯޓެއްގައި ރިސޯޓް މިއުޒިކް ކުޅެމުން އަައިސްފައިވާކަމަށް ފަތޯ ވަނީ ބުނެފައެވެ.

އެ ގޮތުން ތާޖް އެގްޒޯޓިކާ އާއި، ވެލައްސަރާއި، ވައްކަރު މޯލްޑިވްސްގައި އޭނާ އައީ ޕަރފޯމް ކުރަމުން ކަމަށް ފަތޯ ބުންޏެވެ.

"އެހެންވީމަ އަހަންނަށް ޤަބޫލު ކުރެވެނީ އަހަންނަކީ ފްރީލާންސަރއެއް ކަމަށް. އެކަމަކު ސަރުކާރަކަށް މިއަދު އެކަމެއް ޤަބޫލެއް ނުކުރެވުނު. ޤަބޫލު ނުކުރެވުނީމަތާ އަހަރެންގެ އެޕްލިކޭޝަން ރިޖެކްޓް ކޮށްލާނީ. އަދި ރިޖެކްޓްކޮށްލި ސަބަބެއްވެސް ބަޔާން ކޮށްފައެއް ނެތް. އެހެންވީމަ މީ އަހަންނަށް އެކްސެޕްޓް ކުރެވޭނެ ކަމެއް ނޫން." ވަރަށް އަސަރާއެކު ވާހަކަ ދައްކަމުން ފަތޯ ބުނެފައި ވެއެވެ.



ފަތޯ ބުނީ އޭނާ ވާނީ، އޭނާއާއި އެހެން ފަރާތްތަކާއި ދެމެދު ވެފައިވާ އެއްބަސްވުންތަކާއި، އިންވޮއިސް ތަކާއި ބޭންކް ސްޓޭޓްމަންޓް ޖޮބް ސެންޓަރަށް ހުށައަޅާފައި ކަމަށެވެ. ރައީސް ޞާލިޙާއި، ރައީސް ނަޝީދާއި، މިނިސްޓަރ ޔުމްނާގެ އިތުރުން މިނިސްޓަރ މަޙްލޫފް ޓެގްކޮށް ފަތޯ ކުރި ޓްވީޓްގައި ބުނެފައި ވެއެވެ.

އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ވެސް 5000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ނިންމާ ސަރުކާރުން ވަނީ އެކަމަށް އެދުމުގެ ފުރުސަތު ހުޅުވާލާފައެވެ. އަދި އަމިއްލަ މަސައްކަތުން ޢާމްދަނީ ހޯދާ ފަންނާނުން ޖޮބް ސެންޓަރ މެދުވެރިކޮށް ސަރުކާރަށް ހުށައެޅުމަށް، އާރޓްސް އެންޑް ކަލްޗަރ މިނިސްޓަރ ޔުމްނާ މައުމޫންވެސް މީގެ ކުރިން ވަނީ ގޮވާލައްވާފައެވެ. ސަރުކާރުން ބުނެފައި ވަނީ މިހާތަނަށް ގިނަ ޢަދަދެއްގެ ބަޔަކަށް ސަރުކާރުގެ އިންކަމް ސަޕޯޓް އެލަވަންސް ދޫކޮށްފައިވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު


12

ރައްޔަތު އަހުމަދު

02-Jun-2020

ލަވަކިޔުމާއި ނާޗަރަންގީ ކުޅުމަށް 100% މުސްލިމު ގައުމެއްގެ ސަރުކާރުން (ޓެކްސްޕޭޔަރުންގެ ފައިސާއިން ) ޚަރަދުކުރުމަކީ ކޮށްގެންވާނެ ކަމެއްނޫން.. ތިކަމަކީ އިބްލީހުގެ އައުވާނުންނާއި އޭނާގެ އުފެއްދުމެއް..އަދި މީހުން އަޅުކަމާއި ދުރުކޮށް ނާޖަރަންގީގައި މަޝްޢޫލުކުރާކަމެއް.. އެމީހަކު ކުރާ ނުބައި ކަމެއް އަމިއްލަ ޚަރަދުގައި އެމީހަކު ކޮށްކޮށް ހުރޭ.. ދައުލަތުން ފައިސާ ދީގެން އެފަދަކަންކަމަށް ހިއްވަރު ދިނުމަކީ އިސްލާމީ ވަޙްދަތު ނަގާލުމަށް ބާރު އެޅުން..



ޓްރެންޑިން