ރައީސް ޔާމިން ބަލިކުރަން އެމްޑީޕީ ވެސް ނުކުތީ ކޯލިޝަން ހަދައިގެންނެވެ. ބާޣީންނާއި ޣާޒީން ގުޅި އެއްގަލަކަށް އަރައިގެންނެވެ. އެންމެން އެއްބަސްކިޔާފައި ރައްޔިތުންގެ ކުރިމައްޗަށް ނެރުނީ އަތޮޅުތެރޭގެ ކުޑަ ރަށެއްގެ “ގަބުޅި ކަތީބު” އެކެވެ. އެމްޑީޕީގައި އޮތް ފިކުރަކީ ރިޔާސީ ޓިކެޓް އެޕާޓީގެ ރައީސް، ރައީސް ނަޝީދު ނޫން އެހެން މީހަކަށް ނުދިނުމެވެ. ނަޝީދަށް ވާދަ ނުކުރެވެންޏާ އިންތިޚާބުގައި ބައިވެރި ނުވާންވެސް ވާހަކަ ދެކެވުނެވެ.
ކޯލިޝަންގެ ބައިވެރިން ކިޔަމުން ގެންދިޔައީ އެންމެން އެއްބަސްވާ ކެންޑިޑޭޓަކު އިންތިޚާބަށް ނެރޭނެ ވާހަކައެވެ. އިންތިޚާބު ކުޑަތަންވަމުން ގޮސް ގޮތް ހުސްވެގެން އެމްޑީޕީއަށް މަޖުބޫރުވީ ކޯލިޝަން ހަދައިގެން އިންތިޚާބަށް ނުކުންނާށެވެ. ވަރަށް ހަރުކަށި ޝަރުތުތަކަކާއެކު ރިޔާސީ ޓިކެޓް ލިބިވަޑައިގެންނެވީ ހިންނަވަރު ނޫރާނީއާގޭ އިބްރާހީމް މުޙައްމަދު ޞާލިޙަށެވެ. މިކަމާއި ފޫކަހާފައި ކެމްޕޭނަށް ނުނުކުމެ ވެސް ބައެއް ބޮޑުން ތިބި ކަމަށް ވެއެވެ. އެމްޑީޕީގެ ބައެއް އިސް ބޭބޭފުޅުން ކެމްޕޭނުން ފެންނަން ފެށީވެސް “އުދާފައި ހުރި ތެލި ކެކި ބަތަށްވާން ފެށުމުން” ކަމަށް އެމަންޒަރު ވަރަށް ގާތުން ދުށް މީހުން ބުނެއެވެ.
ކޮންމެއަކަސް ރައްޔިތުން ނުކުމެ އިބްރާހީމް މުޙައްމަދު ޞާލިހަށް ވޯޓު ދީގެން އެމަނިކުފާނަށް ވެރިކަން ދީފިއެވެ. އެމަނިކުފާނު އެއްބަސްވެ ވަޑައިގެންނެވި ގޮތަށް ސަރުކާރު ވެސް ފޮތިކޮށް ކޯލިޝަންގެ ބައިވެރިންނަށް ބައި އަޅައިގެން ވެރިކަން ކުރާން ފަށައިގެންފިއެވެ. ނަމަވެސް އެމްޑީޕީގެ ބައެއް ބޭފުޅުން ގަޔާވާ ގޮތެއް ނުވިއެވެ. ބައެއް ބޭފުޅުންނަށް ގަބޫލުކުރެވުނީ “ގަބުޅި ކަތީބު” ގެ ފަހަތުގައި ތިބެގެން އެމީހުންނަށް ވެސް ހުތުރުވާނެ ކަމަށެވެ. ބައެއް “ކުދިންނަށް” ކަމުނުދިޔައީ ކޯލިޝަންގައި ތިބި ބާޣީންނަށް ބައިއަޅައި މަގާމުތައް ދޭތީއެވެ. ހަތް އަހަރު މަގުމަތީގައި ތިބި މީހުންގެ ތެރެއިން ގިނަ ބަޔަކަށް އެއްވެސް ކަމެއް ނެތުމުންނެވެ.
އެއްބަޔަކަށް ހީކުރެވުނީ އެމީހުން ބޭނުންވާ މީހާ ވެރިކަމުގައި ވެޑުވޭނީ ރައީސް ޞާލިޙުގެ ސަރުކާރު ބަލިކަށި ކޮށްލައިގެން ކަމުގައެވެ. އެހެންވީމާ އެމީހުން މިސްރާބު ހިފާފައި ހުރީ ސަރުކާރުގެ ދުވެލި ލަސްކޮށް ސަރުކާރަށް ކަމެއް ނުވާކަން ދެއްކުމަށެވެ. މިދެންނެވި ފަރާތްތަކުގެ ބަސްމަގުން ހިތްވަރު ލިބިގެން އިދިކޮޅުގައި ތިބި މަދު މީސްކޮޅު ސަރުކާރާއި ދެކޮޅަށް ތެދުވެ ދުއްވައިގަތީއެވެ. ގިނަ މީހުންނަށް ހީކުރެވުނީ އެމީހުން ބޭނުންވާ މީހާއަށް އަވަހަށް ވެރިކަން ލިބޭނީ ޞާލިހުގެ ސަރުކާރު ބަލިކަށިކޮށްލައި ދަތިއަޅުވައި ވައްޓައިލައިގެން ކަމަށެވެ.
އެމްޑީޕީގެ އާރުލާ ބައެއް އިސްވެރިން ތިބީ “ހައްޕު” ކިޔައިގެންނެވެ. ސަރުކާރުން ކަމެއް ކުރިއަސް އެކުރާ ކަމެއްގެ ވާހަކަ ނުދައަކާން ތުން ބައްދައިގެންނެވެ. ސަރުކާރުން ކުރާ ކަމެއްގެ ވާހަކަ ޓްވީޓް ކޮށްލިއަސް ކޮށްލަނީ ޑީއާރްޕީން އެމްޑީޕީއާއި ގުޅިވަޑައިގެންނެވި ރޮޒައިނާ ފަދަ މަދު ބޭފުޅެކެވެ. ދެން ރައީސް ޞާލިޙުގެ ބަސްފުޅެއް ސަރުކާރުން ކުރާ ކަމެއް ޓްވީޓް ކޮށްލަނީވެސް ރައީސް ޞާލިޙަށް އިހުލާސްތެރި ހައެއްކަ “ކެނައިން” ނެވެ.
އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކައަކަށް ރައްދެއް ދޭން ރައީސް ޞާލިޙުގެ ފަރާތުން އާރުލާ ބޭފުޅަކު ނުވަތަ ހަރު ބޭފުޅަކު ނުވެސް ނުކުމެވަޑައިގަންނަވައޭ ދެންނެވުމަކީ ކުށަކަށް ނުވާނެއެވެ. އިދިކޮޅު ފަރާތްތަކުން އަބަދުވެސް ގޮވަމުން ގެންދިޔައީ މި ސަރުކާރަށް އެއްވެސް ކަމެއް ނުވާ ވާހަކައެވެ. ތަރައްޤީގެ އެއްވެސް މަސައްކަތެއް ނުކުރާ ވާހަކައެވެ. އެމީހުން އަޅާ ކިޔަނީ މި ސަރުކާރުގެ އެއް އަހަރާއި ތިންމަހުގެ މަސައްކަތާއި ރައީސް ޔާމިން ސަރުކާރުގެ ފަސް އަހަރުގެ ތަރައްޤީއާއެވެ. ހެސް ކިޔާފައި ދައްކަނީ ބޮޑު ބުރިޖުގެ ވާހަކައާއި 25 ބުރީގެ ހޮސްޕިޓަލެއްގެ ވާހަކައެވެ. ރިންގް ރޯޑާއި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓުގައި އެޅި ބޮޑު ރަންވޭއެއްގެ ވާހަކައެވެ. މިހެންގޮސް މުޅިން ކޮންކްރީޓް ތަރައްޤީގެ ވާހަކައެވެ.
އެޖެންޑާ ނަވާރައިގައި އޮތީ ޖަޒީރާ ތަރައްޤީގެ ވާހަކައެވެ. އެހެންވީމާ މީގެން ދޭހަކޮށްދެނީ ކޮންކްރީޓް ތަރައްޤީއާއި މި ސަރުކާރު ދެކޮޅީކަމުގައި ގޮވާ ނަގަމުންދާއިރުވެސް ގޮތް ދޫނުކުރާން ހަނުހިމޭނުން ތިބީއެވެ.
މި ސަރުކާރުގެ ވޭތުވެދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި ދެން ފެންމަތިވީ މާ ހައްސާސް މައްސަލަ ތަކެކެވެ. އެއީ އިސްލާމްދީނާއި ގުޅުން ހުރި މައްސަލަތަކެކެވެ. އިދިކޮޅުން “ލާދީނީ” އޭ ކިޔާން އިތުރު ދޮރުތައް ހުޅުވައި ދިނީއެވެ. އަދި މީގެ ތެރެއަށް އިތުރު ކަންކަން ވައްދައިގެން އަދި ކަމާ ނުވެސް ބެހޭ މީހުން އެފަދަ މައްސަލަ ތަކުގެ ތެރެއަށްވަދެ ދިވެހީންގެ ޖަޒުބާތާއި ކުޅެލީއެވެ. އެމްޑީއެންއިން ނެރުނު ރިޕޯޓަކުން ސަލާމަތް ނުވެވިގެން އުޅެނިކޮށް ބޭރުގެ ދީނީ ޢިލްމްވެރިއަކު ގެނަސް ރާއްޖޭގައި އޭނާގެ ދަރުސް ނުވަތަ ދީނީ ނަސޭހަތް ދިނުމާމެދުވެސް ދެކޮޅު ހެދީއެވެ. އެއް އަހަރުގެ ބަޖެޓުން ބަދަލުދީ ފެންފޮދަކާ ނުލައި ބަޖެޓު “ދިރުވާލިއްޔޭ” ގޮވާނަގަނިކޮށް ދެން ލައިގަތީ ސީ ޕްލޭން ޓާމިނަލަކާއެވެ. އެ ޓާމިނަލެއްގެ ދަލުގައި ބައެއް ބޭފުޅުން އަމިއްލައަށް ވެސް ޖެހުނީއެވެ. ސަރުކާރުގެ އެންމެ އެތެރޭގައި ތިބި މީހުންނަށްވެސް އެ ޓާމިނަލަކުން ސަލާމަތެއް ނުވެވުނެވެ. މިހެން ވުމުން ދިވެހީން ކިޔައި އުޅެނީ “ރިހޭ ފައިމައްޗަށް ފޮއި ވެއްޓުން” ކަމަށެވެ.
އޭރު މިއޮތީ މިދުވަސް އައިސް ޖެހިފައެވެ. އިންތިޚާބަށް ނުކުންނާން ޖެހިފައެވެ. ރައްޔިތުންގެ ތާއީދަށް ބޭނުން ވެފައެވެ. މިދުވަސް އައިއިރު އެވެރިން ތިބީ ސަރުކާރުން ކަމެއް ކުރިއަސް ކުރާ އެއްވެސް ކަމެއްގެ ވާހަކަ ނުދައްކައެވެ. އިދިކޮޅުން ބޮޑެތި ވާހަކަތައް ކިޔައިދީ ރައީސް ޞާލިޙުގެ ކަންފަތް ކަހާވަރަށް ނުވަތަ ގައި ހިރުވައި ހަންދާ ވަރަށް ހިތުހުރިހާ އެއްޗެއް ގޮވަމުން ދާއިރުވެސް ޞާލިޙް އޮފްވެދާނެތީ، މީހުންގެ ތާއީދު ބޮޑުވެދާނެތީ އެވާހަކަ ތަކަށް ޖަވާބު ދޭނެ މީހަކު ނެތެވެ.
ކުރީގެ ސަރުކާރާ ދިމާއަށް މިވެރިން އިންތިޚާބުގައި ގޮވި ހުރިހާ އެއްޗެއް އެވެރިން މިސަރުކާރަށް ގޮވަމުންދާއިރުވެސް ސަރުކާރުގެ ދިފާޢުގައި އާރުލާ މީހަކު، ހަރު ބޭފުޅަކު ބަސްފުޅެއް ވިދާޅެއް ނުވެއެވެ. މާލޭގެ ރައްޔިތުންނާ އަޅާ ނުލައި ތިބެފައި، ނުވިތާކަށް “މާލެ މީހާ، ރާއްޖެތެރެމީހާ” އޭ ކިޔައިގެން ބޮޑު ބަހުސެއް ހުޅުވާލާފައި އޮއްވާ ބައެއް ބޭފުޅުން އެދަލުގައި ވެސް ޖެހިއްޖެއެވެ.
މިހާރު އޮތީ ކޯލިޝަން ސަރުކާރެކޭ ނުވަތަ އެއްކަލަ ރާއްޖެތެރެއިން އައި “ގަބުޅި ކަތީބު”ގެ ސަރުކާރެކެވެ. އެހެންވީމާ “އެސޮރު” ގެ ރަނގަޅު ވާހަކައާއި “އެސޮރު” ކުރާ ކަމެއްގެ ވާހަކަވެސް މިއަދު ނުދައްކައިތިބީ “އެސޮރަށް” ދެރައެއް ދޭނެކަމަށް ހީކޮށެވެ. ކަންވީ އެވެރިން ހީކުރި ގޮތަކަށް ނޫނެވެ. ރައްޔިތުން ނުކުމެ ބުނީ އަޅުގަނޑުމެންވެސް ބުނަމުން މިދާ ގޮތަށެވެ. މި ސަރުކާރަށް ނަތީޖާ ނުނެރެވި ރައްޔިތުންގެ އުއްމީދުތައް ހާސިލުކޮށް ނުދެވިއްޖެނަމަ އޭގެ ހިތި ރަހަ އެންމެ ބޮޑަށް ލާނީ ކޮންބައެއްގެ ކަރުބުޑުގައިކަން މިހާރު ވިސްނޭނެ ކަމަށް ގަބޫލުކުރަމެވެ.
މިއަދު އެމްޑީޕީގެ އެންމެ އިސް ބޭފުޅުންގެ ޓްވިޓަރ އެކައުންޓްތައް ގުޑުވާލަން މަޖުބޫރުވެއްޖެއެވެ. ރައްޔިތުންގެ ސައިޒް ދައްކާލީމާ ހަމަ ބިމަށް ތިރިވާން މަޖުބޫރު ވެއްޖެއެވެ. ރައީސް ޞާލިޙުގެ ސަރުކާރުން ކުރަމުން ގެންދާ ކަންކަން ހާމަކުރަން މިއަދު ކެރިވަޑައިގެންފިއެވެ. އެމަސައްކަތް ފައްޓަވައިފިއެވެ. އެކަމަކު މިހާރު ވަރަށް ބޮޑަށް ވަގުތު ފާއިތުވެއްޖެއެވެ.

ކިޔުންތެރިންގެ ހިޔާލު