ކޯވިޑް-19 ގެ ކަރަންޓީން ފެސިލިޓީސްގެ ގޮތުގައި ދިހަ ރިސޯޓަކާއި ހޮޓަލަކުން 1،158 ރޫމް ހަމަޖައްސައި، ކޮންމެ ފެސިލިޓީއަކަށް ފޯކަލް ޕޮއިންޓެއް އައްޔަންކޮްފައިވާކަން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު މިއަދު ހާމަކުރައްވައިފިއެވެ.

ފަތުރުވެރިކަމާބެހޭ ވަޒީރު އަލީ ވަހީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ކޮރޯނާ ވައިރަހާއި ގުޅިގެން ރާއްޖޭގައި ކަރަންޓީން ފެސިލިޓީގެ ގޮތުގައި 1158 ކޮޓަރި ގާއިމުކުރެވި ޖުމްލަ އެނދުގެ އަދަދު 2،288 އަށް އިތުރުކުރެވިފައިވާ ކަމަށެވެ.

މިނިސްޓަރ އަލީ ވަޙީދު ވިދާޅުވީ މި އިންތިޒާމް ހަމަޖެހިގެން ދިޔައީ ފަތުރުވެރިކަމުގެ ސިނާޢަތުގައި ޙަރާތްތެރިވާ ވިޔަފާރިވެރިންގެ ދީލަތި އެހީތެރިކަމާ އެކުގައި ކަމަށެވެ.

އަލީ ވަހީދު މިކަން ހާމަކުރައްވައި މިއަދު ކުރެއްވި ޓްވީޓްގައި މިހާރު ގާއިމު ކޮށްފައިވާ ކަރަންޓީން ފެސިލީޓަކާއި ހަވާލުތިއްބެވި އެމިނިސްޓްރީގެ މުވައްޒަފުންގެ ނަންތަކާއި އެބޭފުޅުންނާއި ގުޅޭނެ ންމަބަރުތައް ވެސް އާންމު ކުރެއްވާފައި ވެއެވެ.

ކަރަންޓީން ކުރުމަށް އިތުރު ރަށްތަކެއް ހާއްސަކުރީ ރާއްޖޭން ބޭރުން އަންނަ ޓޫރިސްޓުން ފިޔަވައި އެހެން ހުރިހާ މީހުން ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 ދުވަހު ކަރަންޓީނު ވެގެން ތިބެން ޖެހޭ ގޮތަށް އެޗްޕީއޭ އިން ނިންމުމުންނެވެ. މީގެތެރޭގައި ދިވެހީންނާއި އެކި ކަހަަލަ ވިސާ ތަކުގައި އެތެރެވާ ބިދޭސީންވެސް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން