ވޭތުވެދިޔަ 48 ގަޑިއިރުތެރޭގައި އަލިފާނުގެ 4 ހާދިސާއެއް ހިނގައިފިއެވެ.

ޝެވަލް ބްލެން ރަންދެލި ރިސޯޓްގެ މޫދު ވިލާއެއްގައި މިމަހުގެ 21 ވަނަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި އެ ވިލާގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައިފައެވެ. ފުލުހުން ބުނީ އެ އަލިފާނުގެ ހާދިސާގައި އަނދައި ހުލިވެފައި ވަނީ އެ ރިސޯޓުގެ 47 ނަމްބަރު ވިލާ ކަމަށެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ވެފައެއް ނުވެއެވެ.

މީގެ އިތުރުން ލ.ގަމު ތުނޑީ އަވަށު ބަނދަރުގައި އޮތް ފުލުހުންގެ ލޯންޗެއްގައި ރޭ ފަތިހު ވަނީ ރޯވެ އަނދާފައެވެ. ފުލުހުން ބުނީ ތުނޑީ އަވަށު ބަނދަރުގައި އޮތް "ޕޮލިސް ލޯންޗް 34" ގައި ރޯވެފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ރޭ ފަތިހު 4:00 ހާއިރު ކަމަށެވެ. ލޯންޗްގައި ރޯވި އަލިފާން ފަތިހު 5:00 ހާއިރު ނިއްވައިލެވުނު އިރު ލޯންޗް އޮތީ ބޭނުންނުކުރެވޭ ވަރަށް އަނދާފައިކަމަށް ފުލުހުން ހާމަކުރެއެވެ.

މިއަދުވެސް ވަނީ އަލިފާނުގެ ދެ ޙާދިސާއެއް ހިނގައިފައެވެ. މިގޮތުން މިއަދު ހެނދުނު 10:53 ހާއިރު ހުޅުމާލޭ ހިރުނދުމަގުގައި އޮންނަ ހުސްބިމެއްގައި ހުރި ސާމާނުތަކެއްގައި ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. އަދި ކ. ތިލަފުށީ އެމްޓީސީސީ ސައިޓްގައި މިއަދު 12:00 ގައިއަލިފާނުގެ ހާދިސާއެއް ހިނގާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން