ބްރޯޑްކާސްޓިން ކޮމިޝަންގެ ހުސްވެފައިވާ މެންބަރު ކަމަށް އައްޔަން ކުރުމަށް ވީޓީވީގެ ސީނިއާ އެޑިޓަރު އާމިނަތު އަމީނާ (އަނާ) އާއި ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ފަޒީންގެ ނަން ލިސްޓުގެ ކުރީގައި ހިމަނައި، ކޮމިޓީ ރިޕޯޓް މަޖިލިސް ތަޅުމަށް ފޮނުވައިފިއެވެ.

ބްރޯޑްކޮމްއަށް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވި 15 ބޭފުޅުންގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ ޓީވީ ޕްރެޒެންޓަރު، ޝިފްލާ އިބްރާހިމްގެ ނަމެވެ. ނަމަވެސް ކޮމިޓީން މަޖިލީހުގެ ތަޅުމަށް ފޮނުއްވި 7 ބޭފުޅުންގެ ތެރޭގައި ޝިފްލާގެ ނަން ހިމަނުއްވާފައެއް ނުވެއެވެ.

ރައީސް ސޯލިޙު މަޖިލީހަށް ފޮނުއްވި ލިސްޓު ދިސާރާކޮށް، އެ ލިސްޓުގައި ހިމެނޭ ބޭފުޅުންނާ އިންޓަވިއުކުރުމަށްފަހު މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މަޖިލީހުގެ ތަޅުމަށް ފޮނުއްވި ލިސްޓުގައި ހިމެނެނީ؛ ވީޓީވީގެ ސީނިއާ އެޑިޓަރ އާމިނަތު އަމީނާ (އަނާ) އާއި، ރާއްޖެޓީވީގެ ނޫސްވެރިޔާ މުހައްމަދު ފަޒީނާއި، ގ. މަލްވިން ޒުބައިރު އަހްމަދު މަނިކާއި، މާވަށުދާއިރާގެ ކުރީގެ މެމްބަރު އަބްދުލްއަޒީޒް ޖަމާލު އަބޫބަކުރާއި، މއ. ވިލާރޮދި އިސްމާއިލް ސާޖިދާއި، މއ. ހަތާ އަހްމަދު ހަލީލުގެ އިތުރުން ސަންގު ޓީވީގެ ޕްރެޒެންޓަރު އަޙްމަދު ފައިރޫޒެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން