ރައީސް ޔާމިން ސަރުކާރުގައި އެންމެ ފަހުން ނާއިބް ރައީސްގެ މަގާމު ފުރުއްވި އަބްދުﷲ ޖިހާދު ރާއްޖެއިން ބޭރުން ވަޑައިގެންނެވުމާއެކު ކަރަންޓީނަށް ގެންގޮއްސިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޖިހާދު ކަރަންޓީނަށް ގެންދިޔައީ ބެންކޮކުން ރާއްޖެ ވަޑައިގެންނެވުމާއެކުގައެވެ. ވޭތުވެދިޔަ ސަރުކާރު ތަކުގައި އެކި ދާއިރާ ތަކުގެ ވަޒީރުކަމާއި އިސް މަގާމުތައް އަދާ ކުރައްވާފައިވާ ޖިހާދަކީ މާލީ ދާއިރާގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ބޭފުޅެކެވެ.

ޖިހާދުގެ އާއިލާގެ މެންބަރަކު ރަސް އޮންލައިނަށް ވިދާޅުވީ ދާއިމީ ގިނަ ބަލިތަކަކަށް ބޭސް ފަރުވާ ކުރައްވާ ޖިހާދަކީ ވަކި ގޮތަކަށް ކެއިންބުއިމުގެ ކަންކަން ގެންގުޅުއްވަން ޖެހޭ އަދި ގަޑިން ގަޑިއަށް ބޭސް ބޭނުން ކުރައްވާ ބޭފުކަށްވާތީ އެފަދަ އެއްވެސް ވަސީލަތެއް ނެތި އެކަހެރި ކުރުމުން ކޮންމެވެސް ވަރެއްގެ ދައްޗެއް އިހުސާސް ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޖިހާދު ކަރަންޓީނު ކޮށްފައި ވަނީ ކުޑަބަނޑޮހުގައެވެ. ޖިހާދުގެ އިތުރުން ރޭ ބެންކޮކުން މާލެއައި ގިނަ އަދަދެއްގެ ދިވެހިންވެސް ގެންދިޔައީ ކަރަންޓީނަށެވެ.

ކޯވިޑް-19 ރާއްޖެއިން ވެސް ފެނިފައިވާތީ ބަލި އިތުރަށް ފެތުރުނަ ނުދިނުމަށްޓަކާ އަޅާ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ ގޮތުން އެޗްޕީއޭއިން މިހާރު ނިންމާފައިވަނީ ރިޒޯޓުތަކަށް ބުކިންގ ހަދައިގެން އަންނަ ފަތުރުވެރިން ފިޔަވައި ވައިގެ މަގުން ރާއްޖެ އަންނަ ހުރިހާ އެންމެން 14 ދުވަހުގެ މުއްދަތަށް ކަރަންޓީނުގައި ބެއިތިއްބުމަށެވެ. އަދި އެމީހުން ކަރަންޓީނު ވެގެން ތިބެން ޖެހޭނީ ސަރުކާރުން އަންގާ ތަނެއްގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން