ދުނިޔޭގެ އެހެން ގައުމުތަކުގައި މަގުބޫލުވަމުން އަންނަ ގްރީން ކޮންކްރީޓް ނުވަތަ ލޯ ކާބަން ކޮންކްރީޓް އެސްޓީއޯއިން ރާއްޖެއަށް މިއަދު ތައާރަފު ކޮށްފިއެވެ.

އެސްޓީއޯއިން ބުނީ، އެ ކުންފުނިން ބާޒާރަށް ނެރެފައިވާ ގްރީން ކޮންކްރީޓްގެ ސަބަބުން ތިމާވެއްޓާއި އެންމެ ރަހުމަތްތެރި ވަސީލަތްތައް އިމާރާތް ކުރުމުގައި ބޭނުންކުރާ ފަރާތްތަކަށް އެފުރުސަތު ފަހިވެގެން ދާނެކަމަށެވެ.



ގްރީން ކޮންކްރީޓަކީ އާދާއިގެ ކޮންކްރީޓް ނުވަތަ ކޮންވެންޝަނަލް ކޮންކްރީޓާއި އަޅާބަލާއިރު ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކޮށްދީ އަދި ހައިޑްރޭޝަންގެ ހޫނު އާދައިގެ ކޮންކުރީޓަށްވުރެ ވަރަށް ބޮޑަށް ދަށް ކޮންކުރީޓެކެވެ. އަދި މިއީ ކާބަން ނިއުރަލް ގައުމަކަށް ވުމަށް ރާއްޖެ މިސްރާބު ޖަހާފައިވާ މިދަނޑިވަޅުގައި އެސްޓީއޯއިން ކުރިއަށް އެޅި މުހިއްމު ފިޅަވަޅެއް ކަމުގައި އެ ކުންފުނިން ދެކޭކަމަށް ވަނީ ބުނެފައެވެ.

އެސްޓީއޯއިން މިހާރުވަނީ މިކޮންކްރީޓް ގަންނަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާފައެވެ.

ގުރީން ކޮންކްރީޓަކީ ރިސައިކަލް ކޮށްފައިވާ ރޯމެޓީރިއަލް ބޭނުންކޮށްގެން އުފައްދާ ކޮންކްރީޓެކެވެ. މިއުފެއްދުމަކީ އާދައިގެ ކޮންކްރީޓާއި ހިލާފަށް ކާބަންޑައިއޮކްސައިޑް މަދުން ބޭރުކޮށް އުފައްދާ ކޮންކްރީޓެކެވެ. މިގޮތުން އާދައިގެ ކޮންކްރީޓްގެ ބަދަލުގައި ގްރީން ކޮންކްރީޓް ބޭނުން ކުރުމުގެ ސަބަބުން 10 އިންސައްތައާއި 15 އިންސައްތައާއި ދެމެދުގެ އަދަދަކަށް ކާބަންޑައި އޮކްސައިޑް ބޭރުކުރާ މިންވަރު ދަށްކޮށްދެއެވެ.

ގްރީން ކޮންކްރީޓްގެ މުހިއްމު މައުލޫމާތު:

- ދުނިޔޭގެ އެންމެ ފުރަތަމަ ގްރީން ކޮންކްރީޓް ތައާރަފު ކުރެވުނީ 1998 ވަނަ އަހަރު ޑެންމާކްގައި

- މިކޮންކްރީޓް އުފެއްދުމަށް ބޭނުންވާ ހަކަތަ ނިސްބަތުން ދަށް

- ރީސައިކަލް ކުރެވިފައިވާ ރޯމެޓީރިއަލް ބޭނުން ކުރި ކަމުގައިވިޔަސް ކޮންކްރީޓްގެ ސްޓްރެންތަށް އަސަރެއް ނުކުރާ ގޮތަށް ފަރުމާ ކުރެވިފައިވާ ކޮންކްރީޓެއް

- ގްރީން ކޮންކްރީޓްގައި ސިމެންތީގެ ބަދަލުގައި ބޭނުންކުރާ އެއް ބާވަތަކީ ގްރައުންޑް ގްރެނުލޭޓެޑް ބްލާސްޓްފަރނޭސް ސްލެގް (ޖީޖީބީއެސް)



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން