ސަރުކާރުން ދިން ތާރީޚަށް އެންމެ ކުޑަ މުސާރަ ނުވަތަ މިނިމަމް ވޭޖް ވެސް ކަނޑައަޅައި ނުނިމުނުކަމަށް އެއްބަސްވެ އިޤްޞާދާ ބެހޭ ވަޒީރު ފައްޔާޒު އިސްމާއީލް ރައްޔިތުންގެ ކިބައިން މަޢާފަށް އެދިވަޑައިގެންފިއެވެ.
ވަޒީރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެންމެ ކުޑަ މުސާރަ ކަނޑައަޅާ ނިންމަން ދިން ތާރީޚަކީ ހުސްވި ފެބްރުއަރީ މަހުގެ ނިޔަލަށް ކަމަށެވެ. ނަމަވެސް އެތާރީޚަށް އެކަން ނުނިންމުނުކަމަށް ފައްޔާޒު މިއަދު ވަނީ އެއްބަސްވެ ވަޑައިގެންފައެވެ.
ފައްޔާޒު ވިދާޅުވީ ތާރީޚަށް އެންމެ ކުޑަ މުސާރަ ކަނޑައަޅާ އިޢުލާން ނުކުރެއްވުނީ ރައްޔިތުންގެ މަޖިލީހުން އެކަން އަދި ނިންމަވައި ނުދެއްވާތީ ކަމުގައެވެ. “މި މައްސަލަ މަޖިލީހަށް މިހާރު ވާނީ ފޮނުވާފަ. މަޖިލީހުން ރުހުން ލިބުނުހާ އަވަހަކަށް އެކަން ނިމޭނެ.” މިނިސްޓަރ ފައްޔާޒުގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.
މިކަމާ ގުޅިގެން ބައެއް މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވެފައި ވަނީ ކުރިއަށް އޮތް 10 ނުވަތަ 15 ވަރަކަށް ދުވަހުގެ ތެރޭގައި މިނިމަމް ވޭޖް ކަނޑައަޅައި އިޢުލާން ކުރައްވާނެ ކަމުގައެވެ.
ވަޒީރު އެހެން ވިދާޅުވި ނަމަވެސް އެންމެ ކުޑަ އުޖޫރައިގެ މައްސަލަ މަޖިލީހަށް ހުށައެޅުނު އިރު ރައްޔިތުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަންކަން އޭގައި ހުއްޓެވެ. އަދި އެކަމުގައި ވަޒީފާ އަދާކުރާ ފަރާތްތަކުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައި ވެސް ވެއެވެ. ސަރުކާރުން ބުނަނީ އެންމެ ކުޑަ މުސާރަ ކަނޑައެޅުމުގައި ވަޒީފާ އަދާކުރާ ފަރާތްތަކެކޭ އެއްފަދައިން ވަޒީފާދޭ ފަރާތްތަކުގެ ހައްޤުތައްވެސް ހިމާޔަތް ކުރަން ޖެހޭނެ ކަމުގައެވެ.
މިފަހަކަށް އައިސް މިހާރުގެ ސަރުކާރަށް އެންމެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވަނީ އެންމެ ކުޑަ މުސާރަ ކަނޑައެޅުމާއި ފަތުރުވެރިކަމުގެ ދާއިރާގައި ވަޒީފާއަދާ ކުރާ ފަރާތްތަކުގެ ސަރވިސް ޗާޖްގެ މައްސަލައިގައެވެ. ސަރވިސް ޗާޖުގެ މައްސަލައިގައި ސަރުކާރުން ގެންގުޅޭ ސިޔާސަތާއިމެދު ހިތްހަމަ ނުޖެހިގެން “ރިސޯޓް ބޯއީސް” ގެ ނަމުގައި ސޯޝަލް މީޑިޔާގައި ހިންގާ ކެމްޕޭނެއްގައި ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީ ބޯއިކޮޓް ކުރުމަށްވެސް ވަނީ ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު