ކޯވިޑް-19 އާ ގުޅިގެން ސިއްޙީ ދާއިރާއަށް ބޭނުންވާ ބައެއްތަކެތިން ނަގާ އިމްޕޯޓް ޑިއުޓީ އާއި، އެތަކެތީގެ ޕްރޮސެސިންގ ފީ މަޢާފްކުރައްވައިފިއެވެ.

ރާއްޖޭގައި އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅުއްވާފައިވާ މިދަނޑިވަޅުގައި މީގެކުރިން ވަނީ ސާޖިކަލް މާސްކާއި ހޭންޑް ސެނިޓައިޒާ އިން ވެސް ޑިއުޓީ ކަނޑާލައިފަ އެވެ. އިމްޕޯޓް އެކްސްޕޯޓް ގާނޫނު ބުނާގޮތުން ރާއްޖެ އެތެރެކުރާ ބައެއް މުދަލުން ޑިއުޓީ ނުނަގަން ނިންމުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތުގައި އެތެރެކުރާ ތަކެތީގެ ތެރެއިން އަލަށް ޑިއުޓީ މައާފްކުރަން ނިންމީ ޕްރޮޓެކްޓިވް މާސްކާއި، ފޭސް ޝީލްޑާއި، ޕްރޮޓެކްޓިވް އަންގި އާއި، ހޭންޑް ވޮޝް އަދި ޑިސް އިންފެކްޓެންޓް އިންކަމަށެވެ.

ރާއްޖެއިން މިއަދާ ހަމައަށް ކޯވިޑް-19 އަށް ޕޮޒިޓިވް 13 މީހުން ފެނިފައިވާއިރު، އޭގެތެރެއިން 3 މީހުން ވަނީ ރަނގަޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން