މާލޭގެ މަގުތައް ދޮވެ ސާފުކުރުމުގެ މަސައްކަތް ކުރުމަށް މާލޭ ސިޓި ކައުންސިލުން ނިންމައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ވަނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނޮވެލް ކޮރޯނާ ވައިރަސް (ކޯވިޑް-19) އިން ރައްކާތެރިވުމުގެ ގޮތުން މާލޭ ސިޓީގެ މަގުތައް ކުލޮރިން ލައިގެން ދޮވުމުގެ މަސައްކަތް މާދަމާ ހެނދުނުން ފެށިގެން ކުރިއަށް ގެންދާނެ ކަމަށެވެ.

އަދި މި މަސައްކަތް ކުރިޔަށް ގެންދަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އާ ގުޅިގެން ކަމަށްވެސް އެ އިޢުލާނުގައި ބުނެފައި ވެއެވެ. މި މަސައްކަތް ކުރަމުންދާއިރު އަޑީގައި ކުނި ޖަމާވާގޮތަށް މަގުމަތީގައި ބަހައްޓާފައި ހުންނަ ޕެލެޓްތައް ނެގުމުގެ މަސައްކަތްވެސް ކުރަމުން ގެންދާނެކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެއެވެ.

ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވް 13 މީހުން ފެނިފައިވާއިރު، އޭގެތެރެއިން 3 މީހުން ރަނގަޅުވެފައިވާ ކަމަށް އެޗްޕީއޭ އިން ވަނީ ހާމަކޮށްފައެވެ. އަދި ޢާއްމު ރައްޔިތުން މި ދުވަސްވަރު ސާފުތާހިރުކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ޞިއްޙީ މާހިރުން އިރުޝާދު ދެއްވައެވެ. އަދި ޒަރޫރީ ކަމެއް ނޫނީ ގެއިން ބޭރަށް ނުނުކުތުމަށާއި އާންމު އިޖްތިމާޢީ ގުޅުންތަކުން އެއްކިބާވެ ދުރުދުރުގައި އުޅުމަށްވެސް އެޗްޕީއޭއިން އިރުޝާދު ދީފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން