ދަތިތަކަށް ކެތްކުރުމަށް މާތްﷲ އެންމެހާ މުއުމިނުންނަށް އަންގަވާފައި ވާކަމަށް ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 ގެ ސަބަބުން ސަރުކާރުން މުހިއްމު ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާ މި ދަނޑިވަޅުގައި ރައީސް މައުމޫން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ، މިކަހަލަ ދަނޑިވަޅުތަކުގައި އެންމެންވެސް ޤައުމުގެ ސަލާމަތަށްޓަކައި ބުރަ އުފުލަން ޖެހޭނެ ކަމަށެވެ. އަދި ދަތި ވަގުތުގައި ކެތްތެރިވާން ޖެހޭނެ ކަމަށާއި، އެއީ މާތްﷲ އެންމެހާ މުއުމިނުންނަށް އަންގަވާފައިވާ ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.

ކޮރޯނާ ވައިރަހުން ޖެހޭ ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅަމުން ގެންދާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނިގެން ރާއްޖެއިން ބޭރުން ވައިގެ މަގުން އަންނަ އެންމެން 14 ދުވަހުގެ މުއްދަތަށް ސަރުކާރުން ކަނޑައަޅާ ކަރަންޓީން ފެސިލިޓީއެއްގައި މަޑުކުރަން ޖެހޭއިރު މިހާރުވެސް ގިނަ އަދަދެއްގެ ދިވެހިން އެފަދަ ކަރަންޓީނު ފެސިޓީ ތަކުގައި އާއިލާތަކާއި ދުރުގައި ތިބިކަން ފާހަގަކޮށްލެވެއެވެ. އަދި ގެއިން ބޭރަށް ނުނިކުމެ ގޭގައި މަޑުކުރުމަށް ސަރުކާރުން ވަނީ އިލްތިމާސް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން