ވެރިކަން ހޯދަންވީމާ ކޯލިޝަން ހަދައިގެން ރައްޔިތުންނާ މުޚާޠަބު ކުރެއްވިޔަސް ޤައުމު މުސީބާތެއްގައި އޮންނައިރު ރައްޔިތުންނަށް ހިތްވަރުދޭން ކޯލިޝަން ހަދައިގެން ސިޔާސީ ލީޑަރުން ނުފެންނަކަމުގައި އެމްޑީޕީގެ އިސް ސަފުގައި މީގެ ކުރިން ޙަރަކާތްތެރިވެ ވަޑައިގެންނެވި މަޝްހޫރު ނަފާ ނަސީމް ވިދާޅުވެއްޖެއެވެ.

މާލީ ޕްރޮގްރާމްތައް ޓީވީގައި ހުށައަޅައިދިނުމުގައި ވެސް ވަރަށް ބޮޑަށް މަޤުބޫލުކަން ހޯއްދަވާފައިވާ ނަސީމް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ވެރިކަންހޯދަން ވޯޓުލާންވީމާ ސިޔާސީ ބޭފުޅުން ކޯލިޝަންވެގެން އެއްމޭޒުދޮށަށް އައިސް ޓީވީން ރައްޔިތުންނާ މުޚާތަބުކުރައްވާ ކަމަށެވެ. ނަމަވެސް ގައުމު މުސީބާތެއްގައި އޮތްއިރު އެއްމޭޒުދޮށަށް އައިސް ރައްޔިތުންނަށް ހިތްވަރުދީ ހެޔޮބަހެއް ބުނާ ލީޑަރުން ނުފެންނަ ކަމަށް ވިދާޅު ނަސީމްގެ ޓްވީޓްގައި ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ.

ނަސީމް މި މޭރުމުން ޓްވީޓް ކުރައްވާފައިމިވަނީ ކޯވިޑް-19 ގެ ސަބަބުން ސަރުކާރުން ހަރުދަނާ ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ. އަދި ސަރުކާރުގެ ނިންމެވުންތަކަށް ކެތްތެރިކަމާއެކު ބޯލެނބުމަށް ސަރުކާރު ކޯލިޝަންގެ ލީޑަރުން ވަނީ ދިވެހި ރައްޔިތުންނަށް ގޮވާލައްވާފައެވެ. ނަމަވެސް ރާއްޖޭގެ ގިނަ ސިޔާސީ ލީޑަރުން ހިމެނޭ ސަރުކާރު ހިންގާ ކޯލިޝަން އެކުގައި ރައްޔިތުންނާ ބައްދަލު ކުރައްވައި މުޚާތަބު ކުރައްވާތަން ފެނިފައެއް ނުވެއެވެ. އެބޭފުޅުން އެކުގައި އެންމެ ފަހުން ފެނިފައިވަނީ 2019 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕޭން ދުވަސްވަރުގެވެސް ކުރީގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން