ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ފަރާތަކާއި ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ 2 ދިވެއްސެއްގެ ކިބައިން ކޯވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ފެނުމާގުޅިގެން އެ ދެމީހުންގެ ސާމްޕަލް ނަގައި، ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްގެންދާ ކަމަށް އެޗްޕީއޭއިން ހާމަކޮށްފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު މި ދެމީހުން ވަނީ ވެލިދޫ އައިސޮލޭޝަން ފެސިލިޓީއަށް ގެންގޮސްފައެވެ.

ރާއްޖެ އިން ކޮރޯނާވައިރަސް ޖެހިފައިވާ 13 މީހަކު މިހާތަނަށް ފެނިފައިވާއިރު، އޭގެ ތެރެއިން 11 މީހުންނަކީ ޓޫރިސްޓުންނެވެ. ބާކީ ދެ މީހުންނަކީ ކުރެއްދޫ އައިލެންޑް ރިސޯޓުގެ ބިދޭސީ ދެ މުވައްޒަފެކެވެ. އެ 13 މީހުންގެ ތެރެއިން މިހާތަނަށް ރަނގަޅުވީ ތިން މީހަކު ކަމަށް ސަރުކާރުން ވަނީ އިއުލާންކޮށްފަ އެވެ. އެއީ ބަތަލާ އައިލެންޑު ރިސޯޓުގެ ޓޫރިސްޓް ދެމަފިރިންނާއި ކުރެއްދޫ ރިސޯޓުގެ ޑޮކްޓަރެވެ. އެ މީހުންގެ ޓެސްޓް ދެ ސާމްޕަލް ނެގެޓިވް ވިޔަސް އެއްކޮށް ދޫކޮށްލާނީ މަހެއްހާ ދުވަހު މޮނީޓާ ކުރުމަށް ފަހު ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން