ޕީއެންސީގެ ރައީސް ޢަބްދުއްރަހީމް މިއަދު ލޭ ހަދިޔާ ކުރައްވަނީ (ފޮޓޯ- ޕީޕީއެމް ޓްވިޓަރ)
ޕީއެންސީގެ ރައީސް ޢަބްދުއްރަހީމް މިއަދު ލޭ ހަދިޔާ ކުރައްވަނީ (ފޮޓޯ- ޕީޕީއެމް ޓްވިޓަރ)
ތެލަސީމިއާ ކުދިންނަށް ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކުރިއަށް ގެންގޮއްސިއެވެ.

ޕީޕީއެމް އިން މިއަދު ކުރިޔަށް ގެންދިޔަ މި ޙަރަކާތުގައި އެޕާޓީގެ ލީޑަރޝިޕްގެ އިސް ބޭފުޅުންނާއި، ކައުންސިލް މެމްބަރުންނާއި، ގިނަ ޢަދަދެއްގެ ޢާއްމު މެމްބަރުން ވަނީ ބައިވެރިވެފައެވެ.

ކޯވިޑް-19 އާ ގުޅިގެން ތެލަސީމިއާ ކުދިންނަށް ބޭނުންވާ ލޭ ލިބުން ދަތިވެ، ވީހާވެސް ގިނަ ބަޔަކު ލޭ ހަދިޔާކުރުމަށް ނޭޝަނަލް ތެލަސީމިއާ ސެންޓަރުން އިއްޔަ ވަނީ އިލްތިމާސް ކޮށްފައެވެ. ޕީޕީއެމްގެ މި ޙަރަކާތަކީ އެ އިލްތިމާސަށް އިޖާބަދިނުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޙަރަކާތެކެވެ. އަދި ކުރިއަށްއޮތްތާނގައި އަތޮޅުތެރޭގެ ރަށްރަށުގައިވެސް މި ޙަރަކާތް ކުރިޔައް ގެންދާނެ ކަމަށް އެ ޕާޓީ އިން ހާމަކޮށްފައިވެއެވެ.

ކޯވިޑް-19 އާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސަރުކާރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ތެލެސީމިއާ ސެންޓަރަށް އެންމެ ގިނައިން ލޭ ހަދިޔާކުރާ އެއް ބަޔަކީ ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ކަމަށެވެ. ނަމަވެސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ މުއްދަތުގައި ރިސޯޓުތަކުގެ މުވައްޒަފުން ރިސޯޓުން ފޭބުން ވަނީ މަނާކޮށްފަ އެވެ. އަދި ރަށްރަށުން ރިސޯޓުތަކަށް ދިއުން ވެސް ވަނީ މަނާކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު


4

ޙެހެ

23-Mar-2020

ޢަބްދުއްރަޙީމް އަލަށް ކަންނޭގެ ތެލަސީމިއާއަށް ލޭދިނީ. އެވެސް މުޅި ގައުމަށް އަންގައިގެން. ދެއްކުން ތެރިކަން



ޓްރެންޑިން