ނޭޕާލުގައި ކިޔަވަމުންގެންދާ ބައެއް ދިވެހި ޑޮކްޓަރުން ރާއްޖެ އައިސްފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

އެމީހުން ރާއްޖެ އައިސްފައި މިވަނީ ރާއްޖެ އިން ކޯވިޑް-19 ފެނިފައި ވުމާއެކު މިވައިރަސް އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

ކޯވިޑް-19 އާއި ބެހޭ މައުލޫމާތު ހިއްސާ ކުރުމަށް ސަރުކާރުން ކަނޑައަޅާފައި ހުންނަވާ ތަރުޖަމާން، ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލްއަޒީޒް މިއަދު ވިދާޅުވީ މިއަދު ރާއްޖެ އައިސްފައިވަނީ 33 ޑޮކްޓަރުންނެވެ. އެ މީހުންގެ އެހީތެރިކަން އެޗްޕީއޭ އިން ހޯދާނީ 14 ދުވަހުގެ މުއްދަތަށް ކަރަންޓީންގައި ބޭތިއްބުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.

ނޭޕާލުގައި މިހާރު ކިޔަވަން ތިބި ޑޮކްޓަރުންގެ ތެރެއިން، ޑޮކްޓަރުކަމުގެ ލައިސަންސް އޮތް އަދި ސްޕެޝަލައިޒްވުމަށް ކިޔަވާ 40 އަށް ވުރެ ގިނަ ޑޮކްޓަރުން އެބަތިއްބެވެ. އަދި މެޑިސިން ކިޔަވައި ނިންމައި އިންޓާންޝިޕް ހަދާ ދަރިވަރުން ވެސް މީގެތެރޭގައި ހިމެނެ އެވެ. މިގޮތުން ރާއްގެ އަންނަ ދަރިވަރުންގެ ދެ ވަނަ ޓީމު 24 ވަނަ ދުވަހު ރާއްޖެ އަންނާނެކަމަށް މަބްރޫކް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން