ކޯވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން، ޔޫރަޕާއި މެދުއިރުމައްޗަށް ދަތުރުކޮށްފައި އައި ދިވެއްސެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފިެވެ.
އެ އިދާރާއިން ކުރެއްވި ޓްވީޓެއްގައި ބުނީ ޓެސްޓްކުރުމުގެ މަސައްކަތް ކުރަމުންދާއިރު އޭނާ ހުންނާނީ ވެލިދޫ އައިސޮލޭޝަން ފެސިލިޓީގައި ކަމަށެވެ. އަދި މިއީ ރައްކާތެރިކަމުގެ ގޮތުން ޢަމަލު ކުރަމުންދާ އުޞޫލުގެ ދަށުން އަޅާ ފިޔަވަޅެއް ކަމަށްވެސް އެޗްޕީއޭއިން ބުނެފައި ވެއެވެ.
ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު ފުރައިގެން ދިޔަފަހުން ބައްޔަށް ޕޮޒިޓިވްވެފައިވާ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ފެލައިނީއާއި ރާއްޖެއިން ބައްދަލުވެފައިވާ ދެ ދިވެއްސަކުވެސް އިއްޔެ ވަނީ ބައްޔަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިގެން އެކަހެރިކޮށް ޓެސްޓު ކުރުމުގެ މަރުހަލާ ފަށާފައެވެ.
ރާއްޖެއިން މިހާތަނަށް ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ 13 ބިދޭސީންނެވެ. އޭގެތެރެއިން 3 މީހުން ވަނީ ރަނގަޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު