މާލެ މަގެއް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރަނީ
މާލެ މަގެއް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރަނީ
މާލޭގެ މަގުތައް ކްލޮރިން އަޅައިގެން ދޮވެ، ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފާއި މާލޭސިޓީ ކައުންސިލް ގުޅިގެން ފަށައިފިއެވެ.

މިކަމާއި ގުޅިގެން މާލެ ސިޓީ ކައުންސިލުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ މާލޭގެ މަގުތައް ކްލޮރިން އަޅައިގެން ދޮވެ، ސާފު ކުރުމުގެ މަސައްކަތް މިއަދު ފަށާނެ ކަމަށާއި، މި މަސައްކަތަކީ މާލެ ސިޓީ ކައުންސިލާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް ގުޅިގެން ކުރުމަށް ނިންމާފައިވާ މަސައްކަތެއް ކަމަށެވެ. މިމަސައްކަތުގައި ކުނި ޖަމާވާ ގޮތަށް މަގުމަތީގައި ބަހައްޓާފައި ހުންނަ ޕެލެޓްތަކާއި ހަލާކު ވެފައި ހުންނަ ޕެލެޓްތައް ނެގުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށް ސިޓީ ކައުންސިލުން ރޭ ބުނެފައިވެއެވެ.

ކޯވިޑް-19 އާ ގުޅޭ އެންމެފަހުގެ މަޢުލޫމާތު ދެއްވުމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ، މާލޭގެ އިތުރުން އެޗްޑީސީގެ ފަރާތުން ހުޅުމާލެ ޑިސްއިންފެކްޓް ކުރުމަށް ތައްޔާރުވަމުން ދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން