ހަލުއިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 އާއި ގުޅިގެން އެކަހެރިކޮށް ކަރަންޓީނު ކުރަމުންދާ މަރުކަޒުތަކުގެ ފޮޓޯތައް ފެންނަށް ފެށުމާއެކު ރާއްޖޭގައި ގާއިމުކޮށްފައިވާ ކަރަންޓީނު މަރުކަޒުތަކުގެ ފެންވަރަށް ތަޢުރީފްކޮށް ޝުކުރުއަދާކޮށް މީސް މީޑިއާގައި ދިވެހި ސަރުކާރަށް ތަޢުރީފު ކުރަން ފަށައިފިއެވެ.
ކޮރޯނާ ވައިރަސް ހަލުއިކަމާއެކު ފެތުރެމުންދާ ބޮޑެތި ޤައުމުތަކުގައިވެސް މިއަދު ވަނީ ހޮސްޕިޓާތަކުގެ އެނދުތައް ފުރި ޓެންޓް ޖަހައިގެން ޚިދުމަތް ދޭން ފަށާފައެވެ. ގިނަ ގައުމުތަކުގައި މީހުން ކަރަންޓީން ކުރުމާއި އެކަހެރި ކުރުމުގެ ވަސީލަތްތަކުގެ ހާލަތު ހުރީ ރާއްޖެއާއި އަޅާ ބަލާއިރު ވަރަށް ނިކަމެތިކޮށެވެ.
ރާއްޖޭގައި ކަރަންޓީން ކުރުމުގެ އިންތިޒާމު ސަރުކާރުން ހަމަޖައްސާފައި ވަނީ ރާއްޖޭގައި ހިންގާ އެންމެ މަޝްހޫރު ރިޒޯޓުތަކުގައެވެ. ކޮރޯނާ ވައިރަސް ދުނިޔޭގައި ފެތުރެން ފެށިއިރު އެންމެ ކާރޫބާރޫ ބޮޑުކޮށް، ފުރި ބާރުވެފައި އޮތް މި ދެންނެވި ރިޒޯޓްތައް މުޅިން ފަޅުވުމާއި ގުޅިގެން ސަރުކާރުގެ އެދުމުގެ މަތީން އެތަންތަނުގެ ވެރީން ވަނީ އެއްވެސް އަގަކާއި ނުލައި ކަރަންޓީން ފެސިލިޓީތަކުގެ ގޮތުގައި ބޭނުން ކުރުމަށް އެތަންތަން ދީފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާތަނަށް ދުނިޔޭގައި ރިޒޯޓު ތަކެއްގައި ކޮރޯނާ ވައިރަސްއާއި ގުޅިގެން ކަރަންޓީން ފެސިލިޓީ ގާއިމު ކޮށްފައިވާ ހަމަ އެކަނި ޤައުމަކީ ދިވެހި ރާއްޖެއެވެ. ބޭރުގެ ބައެއް މީޑިޔާތަކުން ވެސް އެ މައުލޫމާތު ވަނީ ފަތުރާފައެވެ.
ނަމަވެސް ރާއްޖޭގެ ކަރަންޓީން ފެސިލިޓީ ތަކުގެ ފެންވަރު ދަށްކަމުންނާއި ޚިދުމަތް ފުރިހަމަ ނުވާތީއާއި ބޭނުންވާ ގޮތަށް ކެއިންބުއިމުގެ ކަންކަން ނުހުންނަކަމަށް ބައެއް ފަރާތްތަކުން އަޑު ފަތުރާފައިވާތީ މީސް މީޑިޔާގައި ބައެއް މީހުން ދަނީ އެކަމަށް ރައްދުދީ ބައެއް ޤައުމުތަކުގައި އެ ޚިދުމަތް ދެމުންދާ ގޮތާއި ފެސިލިޓީތަކުގެ ފޮޓޯތައްވެސް ހިއްސާ ކުރަމުންނެވެ. އަދި މިފަދަ ދަތި އުނދަގޫ ދަނޑިވަޅެއްގައިވެސް ރާއްޖޭގައި ކަރަންޓީން ކުރުމުގެ ކަންކަން ހަމަޖައްސާދީފައި ހުރި ފުރިހަމަކަމަށް ތަޢުރީފުކޮށް ރާއްޖޭގެ ކަރަންޓީން ފެސިލިޓީ ތަކުގެ މައުލޫމާތާއި ފޮޓޯތައް އެފަދަ ފަރާތްތަކުން މީސް މީޑިޔާގައި ހިއްސާކޮށްފައި ވެއެވެ.
އެގޮތުން ނަޖުވާ ފާތިމަތުގެ ނަމުގައި ހިންގާ ޓްވިޓަރ އެކައުންޓަކުން ކޮށްފައިވާ ޓްވީޓެއްގައި ބޭރުގެ ޤައުމުތަކުގައި ހުރި ކަރަންޓީން ފެސިލިޓީ ތަކުގެ ހާލަތު ފެނިފައި ރާއްޖޭގައި އެ ޚިދުމަތް ދެމުންގެންދާ ފުރިހަމަކަމަށް ޝުކުރު އަދާކުރަން ޖެހޭ ކަމަށް ބުނެފައި ވެއެވެ. “އަގުހެޔޮ ޕްލާސްޓިކް ތަށި، އަހަރެންގެ އެންމެ މަގުބޫލް ބްރޭންޑްގެ ޖޫސް ނެތިގެން، ބެޑްޝީޓާއި ދޮރުފޮތި ކަމުނުގޮސްގެން، ވައިފައި ސްޕީޑް ލަސްކަމުން، އަމިއްލަ އަށް އެނދު ތަންމަތި އަޅަންޖެހިގެން ނުވަތަ ދަންވަރު ރޫމް ސާވިސް ނުލިބޭތީ އެކަމުގެ ޝަކުވާ ކުރާއިރު އެހެން ޤައުމު ތަކުގެ ހާލަތާމެދު ވިސްނާ ފިކުރުކޮށް ރާއްޖެއިން ލިބޭ ވަސީލަތްތަކަށް ޝުކުރުވެރިވުމަށް” އޭނާ ގޮވާލާފައި ވެއެވެ.
ކަރަންޓީން ފެސިލިޓީގައި ތިބި ބައެއް މީހުން މީސް މީޑިޔާގައި ހިއްސާ ކުރަމުން ގެންދާ މައުލޫމަތަށް ބަލާއިރު ގިނަ ބައެއްގެ ތަޢުރީފު ސަރުކާރަށާއި އެތަންތަނުގައި ވަރުބަލިކަމެއް ނެތި ޚިދުމަތް ކޮށްދެއްވާ އެމީހުން ކަހަލަ ޚިދުމަތްތެރީންނަށް ޝުކުރު އަދާކޮށްފައި ވެއެވެ. އަދި އެތާގައި ޚިދުމަތް ކުރަމުން ގެންދާ ފަރާތްތަކުން އެޚިދުމަތް ކުރަނީ އެމީހުންގެ އަމިއްލަ ފުރާނައާއި ނަފުސުގެ އިތުރުން އެމީހުންގެ ލޯބިވާ އަނބިދަރިންނާއި ޢާއިލާތަކުގެ އުފާތަކާއި ހިތްހަމަޖެހުން ޤުރުބާން ކޮށްފައިކަން ފާހަގަކޮށްފައި ވެއެވެ.
ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ވިދާޅުވެފައިވަނީ ކަރަންޓީންގައި ތިބި ދިވެހިން ދައްކަމުން އެދަނީ ކެތްތެރިކަމުގެ ޤައުމީ ނަމޫނާއެއް ކަމަށެވެ. ކަރަންޓީންގައާއި އެކަހެރިކުރެވިފައިވާ މީހުން އެމީހުންގެ ލޯބިވާ އާއިލާތަކާއި ދުރުގައި ތިބެން ޖެހިފައިވާއިރުވެސް އެދައްކާ ކެތްތެރިކަމާއި މަޑުމަތިރިކަމާއެކު ދެމުންދާ އެއްބާރުލުން ޝުކުރުވެރިކަމާއެކު ދިފެންސް މިނިސްޓަރ ފާހަގަ ކުރައްވާފައި ވެއެވެ.

#Maldives, look at the rest of the world & be very thankful that our problems are:
— Najwa Fathimath (@NajwaFathimath) March 23, 2020
- cheap plastic cups,
- not my favorite juice brand,
- bedsheet curtains,
- slow-wifi, no netflix,
- having to make bed by myself &
- lack of room service at midnight!
Be very very thankful. pic.twitter.com/fHYzHryoWM
ކަރަންޓީން ފެސިލިޓީގައި ތިބި ބައެއް މީހުން މީސް މީޑިޔާގައި ހިއްސާ ކުރަމުން ގެންދާ މައުލޫމަތަށް ބަލާއިރު ގިނަ ބައެއްގެ ތަޢުރީފު ސަރުކާރަށާއި އެތަންތަނުގައި ވަރުބަލިކަމެއް ނެތި ޚިދުމަތް ކޮށްދެއްވާ އެމީހުން ކަހަލަ ޚިދުމަތްތެރީންނަށް ޝުކުރު އަދާކޮށްފައި ވެއެވެ. އަދި އެތާގައި ޚިދުމަތް ކުރަމުން ގެންދާ ފަރާތްތަކުން އެޚިދުމަތް ކުރަނީ އެމީހުންގެ އަމިއްލަ ފުރާނައާއި ނަފުސުގެ އިތުރުން އެމީހުންގެ ލޯބިވާ އަނބިދަރިންނާއި ޢާއިލާތަކުގެ އުފާތަކާއި ހިތްހަމަޖެހުން ޤުރުބާން ކޮށްފައިކަން ފާހަގަކޮށްފައި ވެއެވެ.
ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ވިދާޅުވެފައިވަނީ ކަރަންޓީންގައި ތިބި ދިވެހިން ދައްކަމުން އެދަނީ ކެތްތެރިކަމުގެ ޤައުމީ ނަމޫނާއެއް ކަމަށެވެ. ކަރަންޓީންގައާއި އެކަހެރިކުރެވިފައިވާ މީހުން އެމީހުންގެ ލޯބިވާ އާއިލާތަކާއި ދުރުގައި ތިބެން ޖެހިފައިވާއިރުވެސް އެދައްކާ ކެތްތެރިކަމާއި މަޑުމަތިރިކަމާއެކު ދެމުންދާ އެއްބާރުލުން ޝުކުރުވެރިކަމާއެކު ދިފެންސް މިނިސްޓަރ ފާހަގަ ކުރައްވާފައި ވެއެވެ.
ކިޔުންތެރިންގެ ހިޔާލު