ޢުމުރުން 11 އަހަރުގެ ކުއްޖާ ރޭޕްކުރިކަމަށް ތުހުމަތުކުރެވޭ މީހާގެ ބަންދަށް 7 ދުވަސް ޖަހައިފިއެވެ.
އެމީހާގެ ބަންދަށް ކުރިމިނަލް ކޯޓުން ހަތް ދުވަސް ޖެހީ، އޭނާގެ ތަހުގީގާއި ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ކޯޓުގައި އެދިފައިވަނިކޮށެވެ. މަައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ވަނީ ވަކީލެއްގެ ފުރުސަތަށް އެދިފައެވެ.
މި މައްސަލާގައި ހައްޔަރު ކޮށްފައިވަނީ ދިވެއްސެކެވެ. ފުލުހުން ބުނެފައިވަނީ، އުމުރުން 11 އަހަރުގެ ކުއްޖަކު ރޭޕް ކުރުމުގެ ހާދިސާ ހިނގާފައި ވަނީ މިދިޔަ ބުދަ ދުވަހު މާލޭގެ ގެސްޓްހައުސް އެއްގައި ކަމަށާއި، އެ މައްސަލަ ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.
މި މައްސަލާގައި ތުހުމަތު ކުރެވޭ މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ހުށަހެޅުމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވެސް މިއަދު ވަނީ ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމަށް ސިޓީއެއް ފޮނުއްވާފައެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާއި މެދު ހާއްސަ އުސޫލުތަކަށް އަމަލު ކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި އެ ގާނޫނުގެ ދަށުން ކުށުގެ ތުހުމަތު ކުރެވޭ މީހަކާއި މެދު އެ ގާނޫނަށް ލިބިދޭ ހާއްސަ އުސޫލުތަކާއި އެއްގޮތަށް އަމަލު ކުރުމަށް ފުލުހުންނަށް ފެނިއްޖެ ހިނދެއްގައި އެގާނޫނުގެ ދަށުން ކުށެއް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރުރެވޭ މީހާ ތަހުގީގުގެ މަރުހަލާއާ ޝަރީއަތުގެ މަރުހަލާ ނިމެންދެން ބަންދުގައި ދެމެހެއްޓުމަށް އަމުރެއް ހޯދުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ކޯޓަށް ހުށަހަޅައި ދިނުމަށް އެދި ކޮމިޝަނަރު އޮފް ޕޮލިސް އަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ކިބައިން އެދެވިދާނެ ކަމަށެވެ.
ފުލުހުން ބުނީ، އެ ހާދިސާގައި ހިމެނޭ ކުއްޖާއަށް ދޭން ޖެހޭ ރައްކާތެރިކަމާއި އެހީތެރިކަން ކަމާގުޅޭ މުއައްސަސާތަކާ އެކު ފޯރުކޮށް ދެމުންދާ ކަމަށެވެ. އަނިޔާ ލިބިފައިވާ ކުއްޖާ މިހާރު ވަނީ ރައްކާތެރި މާހައުލަކަށް ބަދަލުކޮށްފައި ކަަމަށްވެސް ފުލުހުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު