ކޯވިޑް-19 އާ ގުޅިގެން ކަސްޓަމްސްގެ 17 މުވައްޒަފަކާއި، އެމްއޭސީއެލްގެ 48 މުވައްޒަފަކާއި، އިމިގްރޭޝަންގެ އެއް މުވައްޒަފު އަދި ޓީއެމްއޭގެ ތިން މުވައްޒަފަކު އެކަހެރިކޮށްފައިވާ ކަމަށް ކޯވިޑް-19 ގެ ތަރުޖަމާނު މަބުރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
މި މީހުންނަކީ ހަކުރާ ހުރާގެ ކޭސްއާއި ގުޅިގެން އެކަހެރި ކުރެވިފައިވާ މީހުންނެވެ. . ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، މިހާރު މޮނިޓަރިންގެ ހާލަތުގައި އޮތް ސިނަމަން ހަކުރާ ހުރާއާއި ގުޅިގެން ގިނަ ބަޔަކު އެކަހެރިކޮށްފައިވާއިރު ސާމްޕަލްގެ ނަތީޖާ އަދި ނުލިބޭތީ އާއިއެކު، އެކޭސްއާއި ގުޅިގެން އިތުރު މީހުން އައިސޮލޭޝަންއަށް ދިއުމަށް އެންގިފައިވާ ކަމަށެވެ.
ރާއްޖެއިން ކޯވިޑް-19 އަށް 13 މީހަކު މިހާތަނަށް ފައްސި ވެފައިވާއިރު އޭގެ ތެރެއިން މިއަދާއި ހަމައަށް 5 މީހަކު ވަނީ ރަނގަޅު ވެފައެވެ. އެހެން ނަމަވެސް އޭގެ މާނައަކީ ރާއްޖެއަށް އޮތް ބިރުވެރިކަން ކުޑަވީ ނޫން ކަމަށާއި، މިއީ ގޭގައި އެކަހެރި ވެގެން ތިބި ފަރާތްތަކުން ބޭރަށް ނުކުންނަންވީ ވަގުތު ނޫން ކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރު މުހައްމަދު އިސްމާއިލް މިއަދު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު