މައްކާގެ ޙަރަމްފުޅު ހުސްކޮށް: މިއަހަރުގެ ޢުމްރާތައްވެސް ވަނީ މެދުކަނޑާލާފަ
މައްކާގެ ޙަރަމްފުޅު ހުސްކޮށް: މިއަހަރުގެ ޢުމްރާތައްވެސް ވަނީ މެދުކަނޑާލާފަ
ކުޅަދާނަކަން ލިބިގެންވާ ކޮންމެ މުސްލިމެއްގެ މައްޗަށް ފަރުޟުވެގެންވާ ޙައްޖުގެ މަތިވެރި އަޅުކަމުގެ ކަންކަން މިއަހަރު ކުރިއަށް ނުގެންދެވިދާނެ ކަމަށް ސަޢުދީ ޢަރަބިއްޔާއިން ބުނެފިއެވެ.

މިގޮތަށް ނިންމަން ޖެހުނީ ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް، ނުވަތަ ކޯވިޑް-19 އާއި ގުޅިގެންނެވެ. އަހަރަކު ގާތްގަނޑަކަށް 2 މިލިއަނެއްހާ ޙައްޖުވެރިން މައްކާގެ މާތް ބިމަށް ޙައްޖުގެ މަތިވެރި އަޅުކަން އަދާ ކުރުމަށް ދެއެވެ. މިއަހަރުވެސް މިއަދަދަށް ޙައްޖުވެރިން އަންނާނެކަމަށް އަންދާޒާ ކުރެވުނުނަމަވެސް، އެގައުމުން ކޮރޯނާ ވައިރަސް ގެ ގިނަ ކޭސްތަކެއް ފެނުމާ ގުޅިގެން ޙައްޖުގެ މާތް އަޅުކަން މިއަހަރު ނުބޭއްވިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ސަޢުދީ ސަރުކާރުން ވަނީ ބުނެފައެވެ.

ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ ގޮތުން އެހެނިހެން ގައުމު ތަކެކޭ އެއްފަދައިން ސަޢުދީ ޢަރަބިއްޔާގައިވެސް ވަނީ "ލޮކް ޑައުން"ގެ ހާލަތު އިއުލާނު ކޮއްފައެވެ. ވައިރަސް ފެތުރުން ވީހާވެސް ކުޑަކުރުމުގެ ގޮތުން މައްކާ އަދި މަދީނާއަށް ވަނުންވަނީ ވަރަށް ބޮޑަށް ހަރުކަށިކޮށްފައެވެ. މީގެ އިތުރުން ޢުމްރާ ކުރުންވެސް ވަނީ މެދުކަނޑާލާފައެވެ.

ސަޢުދީ ޢަރަބިއްޔާގެ ޙައްޖާއި ޢުމްރާއާބެހޭ މިނިސްޓަރު، މުޙައްމަދު ޞާލިހް ބިން ޠާހިރްއާއި ހަވާލާދީ، "މިޑްލް އީސްޓް އައި" ގައި ބުނެފައިވަނީ ޙައްޖުވެރިން ދަތުރުގެ ރޭވުން އަދި ހުއްޓާނުލާ މަޑުކޮށްލުމަށެވެ. މިނިސްޓަރު އިތުރަށް ވިދާޅުވީ "ދުޢާ އަކީ މިކަމުން އަހަރެމެން އެންމެން ސަލާމަތްވުން" ކަމުގައެވެ. އަދި ސަޢުދީ ސަރުކާރުން އިސްކަން ދެނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

ޢުމްރާގެ އަޅުކަން މެދުކަނޑާލުމުން، ސަޢުދީ ސަރުކާރުން ވަނީ ފައިސާ ދައްކާފައިވާ ހުރިހާ އޭޖެންސީ ތަކަށް އަނބުރާ ފައިސާ ރައްދުކޮށްފައެވެ.



މިއަހަރުގެ ޙައްޖުގެ އަޅުކަން ނުބޭއްވި މެދުކަނޑާލަން ޖެހިފައިވާއިރު، މިއީ އިސްލާމީ ތާރީޚުގައި 40 ވަރަކަށް ފަހަރު ހިނގާފައިވާ ކަމެކެވެ. މިއީ ޙައްޖުގެ މާތް އަޅުކަން މެދުކަނޑާލަން ޖެހުނު ފުރަތަމަ ފަހަރަށް ނުވިނަމަވެސް، 1932 ވަނައަހަރު ސަޢުދީ ޢަރަބިއްޔާގެ ދަޢުލަތް އުފެދުނު ފަހުން މިއީ ހައްޖުގެ އަޅުކަން މެދުކަޑާލަން ޖެހުނު ފުރަތަމަ ފަހަރެވެ.

މީގެ އަށެއްކަ އަހަރު ކުރިން ދުނިޔޭގައި ފެތުރުނު "މިޑްލް އީސްޓަރން ރެސްޕިރޭޓްރީ ސިންޑޮރޮމް" ނުވަތަ "މާރސް" އާއި ގުޅިގެންވެސް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، ދުވަސްވީ މީހުންނާއި ބަލިމީހުން ޙައްޖު ވުމަށް ނައުމަށްވަނީ ބާރު އަޅާފައެވެ. ނަމަވެސް އެފަހަރުވެސް ޙައްޖުގެ އަޅުކަން މެދުކަނޑާލާފައެއް ނުވެއެވެ.

ސަޢުދީ ޢަރަބިއްޔާގައި ކޯވިޑް-19 އާއި ގުޅިގެން މަރުވިމީހުންގެ އަދަދު ވަނީ 1000 އަށްވުރެ މައްޗަށް އަރާފައެވެ. ބަލި ޖެހުނު މީހުންގެ އަދަދު 130،000 އަށްވުރެ މައްޗައް އަރާފައިވާއިރު، ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 84،000 ވުރެ މަތީގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން